ހަސަން އާލިފް އަބްދުލް ގަނީ އިނާމާ ހަވާލުވަނީ. (ފޮޓޯ/ދިރާގު)
ދިރާގު ގޭމާސް ގިލްޑާއި މެގަޗިޕުގެ ގޭމިން ބަންޑްލް ލިބުނީ އާލިފްއަށް
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޑީޖީޖީގެ ޕާޓްނަރު، މެގަޗިޕް ގުޅިގެން ދޭ އޭލިއަންވެއާ ގޭމިން ބަންޑްލްގެ ނަސީބުވެރިޔާ ހޮވައިފި އެވެ.
ވީ ކިހިނެއް؟ - މި ގިވްއަވޭގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވިގެން މި އިނާމު ހާސިލުކުރީ ހަސަން އާލިފް އަބްދުލް ގަނީ އެވެ.
ތަފްސީލް - ގޭމް ކުޅުންތެރިންނަށް ހާއްސަ މި އަގުހުރި އޭލިއަންވެއާ ބަންޑްލްގައި ހިމެނެނީ:
-
އޭލިއަންވެއާ 34 އިންޗީގެ ގޭމިން މޮނިޓަރެއް
-
އޭޑަބްލިއު ވަޔާޑް ގޭމިން ހެޑްސެޓެއް
-
އޭޑަބްލިއު 420ކޭ ޓެންކީލެސް ގޭމިންގެ ކީބޯޑެއް
-
އޭޑަބްލިއު ވަޔަލެސް ގޭމިން މައުސްއެއް
ފާހަގަކޮށްލެވޭ - ޑީޖީޖީން އަންނަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަ އިނާމުތަކާއި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޑީޖީޖީން އަންނަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާ އެކު ބާއްވައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދީ، ހުނަރުތައް ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް ހޯދައިދެމުންނެވެ.