5ޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް އަލްޓްރާ ފާސްޓް ސްޕީޑް، ލޯ ލޭޓެންސީ އަދި ޒަމާނީ ޑިޖިޓަލް ލައިފްސްޓައިލް ސަޕޯޓްކުރާ ޕާފޯމަންސް ލިބޭނެ.

އުރީދޫ

އުރީދޫގެ 5ޖީ ނެޓްވޯކް ރާއްޖޭގެ %80އަށް

މިއީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތައް ބާރުވެރިކުރުވުމަށް އެޅުނު އިތުރު ފިޔަވަޅެއް
12 ޖެނުއަރީ 2026

ރާއްޖޭގެ %80 ހިއްސާކުރާ 5ޖީ ނެޓްވޯކް މެދުވެރިކޮށް ޑިޖިޓަލް ކަނެކްޓިވިޓީ ފޯރުކޮށްދިނުމުގައި އުރީދޫން އަންނަނީ އިސް ދައުރެއް އަދާކުރަމުންނެވެ. ރާއްޖޭގެ %80 ކަވަރުކޮށްފައިވާ އުރީދޫ 5ޖީ ނެޓުވޯކަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ފުޅާ 5ޖީ ނެޓުވޯކެވެ. މިއީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތައް ބާރުވެރިކުރުވުމަށް އެޅުނު އިތުރު ފިޔަވަޅެކެވެ.

5ޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް އަލްޓްރާ ފާސްޓް ސްޕީޑް، ލޯ ލޭޓެންސީ އަދި ޒަމާނީ ޑިޖިޓަލް ލައިފްސްޓައިލް ސަޕޯޓްކުރާ ޕާފޯމަންސް ލިބޭނެ އެވެ. ހައި-ޑެފިނިޝަން ސްޓްރީމިން އަދި އޮންލައިން ގޭމިން އިން ފެށިގެން ރިމޯޓް ވޯކް، ލާނިން، ކޮންޓެންޓް ކްރިއޭޝަން އަދި ސްމާޓް ހޯމް ސޮލިއުޝަންސް ފަދަ ހިދުމަތްތައް ފޯރުކޮށްދޭ އުރީދޫގެ 5ޖީ ނެޓްވޯކް މެދުވެރިކޮށް ކަސްޓަމަރުންނަށް މިނިވަންކަމާ އެކު ގުޅާލެވޭނެ އެވެ.

އުރީދޫގެ 5ޖީ ނެޓްވޯކް ފުޅާކުރުމުގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑޭޓާ ބޭނުންކޮށްގެން ފޯރުކޮށްދޭ ހިދުމަތްތަކަށް އޮތް ޑިމާންޑަށް ބަލައި ގޭބިސީތަކާއި ވިޔަފާރިވެރިންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އިތުބާރު ހިފޭ ހައި ސްޕީޑް ކަނެކްޓިވިޓީ ފޯރުކޮށްދިނުމުގެ ސަބަބުން އުރީދޫގެ ކަސްޓަމަރުންނަށް އާ ފުރުސަތުތައް ހޯދައިދީ، އުފެއްދުންތެރިކަން އިތުރުކޮށް، މުއްސަނދި ޑިޖިޓަލް ތަޖުރިބާ އެއްވެސް ހުރަހެއް ނެތި ލިބިގެންދާނެ އެވެ. މިއީ ޒަމާނީ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ހިދުމަތްތަކަށް ބެނުންވާ ޓެކްނޮލޮޖީ ފަހިކޮށްދެވޭނެ ނެޓްވޯކެކެވެ.

މިއީ އުރީދޫން ނެކްސްޓް ޖެނެރޭޝަން އިންފްރާސްޓްރަކްޗާއަށް ކުރަމުން އަންނަ އިންވެސްޓްމަންޓާއި މުސްތަގުބަލަށް ތައްޔާރު 'ޑިޖިޓަލް މޯލްޑިވްސް'އެއް ބިނާކުރުމަށް އުރީދޫގެ ތަސައްވުރު ރަމްޒުކޮށްދޭ ލަނޑުދަނޑިއެކެވެ.

އުރީދޫގެ މި ނެޓްވޯކް އިތުރަށް ފުޅާވަމުން އަންނައިރު، އުރީދޫން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަނީ އީޖާދީ އުފެއްދުންތައް ކަސްޓަމަރުންނާ ގާތްކޮށްދީ، އާންމު ދިރިއުޅުމަށް އިތުރު ފުރިހަމަ ގުޅުންތަކެއް ފަހިކޮށްދިނުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް