ދިނަފް ފަންޑް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާ

ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ދިނަފް ފަންޑް: ރަނުގެ ފުރުސަތެއް

އިންވެސްޓްކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އިންވެސްޓްކުރާނޭ ތަފާތު މާލީ މަގުތައް ތަނަވަސްކޮށް ދިނުމަށް މިފަހުން އުފެއްދި ޑީއައިޕީން އަންނަނީ މަސައްކަތް ކުރަމުން
27 ޑިސެމްބަރު 2025

އިންވެސްޓްކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އިންވެސްޓްކުރާނޭ ތަފާތު މާލީ މަގުތައް ތަނަވަސްކޮށް ދިނުމަށް މިފަހުން އުފެއްދި، ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ)އަކީ ރާއްޖޭގެ ކެޕިޓަލް މާކެޓްގައި ނިސްބަތުން އާ ނަމަކަށް ވެދާނެއެވެ. ނަމަވެސް އެ ޓީމުގައި ހިމެނެނީ ރާއްޖޭގެ މާލީ ދާއިރާއަށް އާ ބައެއް ނޫނެވެ.

ކުންފުނީގެ ޗެއަރޕަރސަނަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރީގެ ގަވަރުނުކަމާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ސީއީއޯގެ މަގާމު ފުރުއްވި އަހުމަދު ނަސީރެވެ. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީ ގޮތުގައި ދިވެހި އިންޝުއެރަންސްގެ ޗެއަރޕަރސަން އަބްދުލް ވާހިދު އެވެ. އަދިވެސް މާލީ ދާއިރާގެ ތަޖުރިބާ ހުރި ގިނަ މެންބަރުން ހިމެނޭ ބޯޑަކާއި ޓީމަކާ އެކު، ޑީއައިޕީއިން އަންނަނީ ގިނަ ބައެއްގެ މާލީ މުސްތަގުބަލު ކާމިޔާބުކަމާ އެކު ބައްޓަންކުރަން އެހީތެރިވަމުންނެވެ.

އެކަމަށް މަގު ފަހިކޮށްދިނުމަށް އެ ކުންފުނިން މި ފަހުން ތައާރަފްކުރި، ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑް (ދިނަފް) އަކީ އޭގެ ވަރަށް ރަނގަޅު މިސާލެކެވެ. އެ ކުންފުނިން މިހާރު މި ވަނީ "ދިނަފް" ޝޯޓް-ޑިއުރޭޝަން އިންވެސްޓްމަންޓް ފަންޑަށް އިންވެސްޓްކުރަން އިތުރު ފުރުސަތުތަކެއް ހުޅުވާލައިފަ އެވެ.

ރައުސްމާލު ރައްކާތެރިކޮށް، ބޭނުން ޖެހޭ ހިނދެއްގައި ފައިސާ ނެގޭނެ ފަސޭހަކަން ދަމަހައްޓަމުން، އާމްދަނީ އިތުރުކުރަން ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި އާންމުންނަށް ފަސޭހައިން ޓްރެޜަރީ ބިލް ފަދަ މާލީ ކަރުދާސްތަކުގައި އިންވެސްޓްކުރުމުގެ ފުރުޞަތުތައް މަދެވެ. އިންވެސްޓްކުރުމުގެ ފުރުޞަތުތަކުގެ ގޮތުގައި ފެންނަނީ ބޭންކް ފިކްސްޑް ޑިޕޮސިޓް ފަދަ މަދު ވަސީލަތްތަކެކެވެ. އެފަދަ ވަސީލަތްތަކަކީ ރައްކާތެރި އެއްޗަކަށް ވިޔަސް، ކުރާ އިންވެސްޓްމަންޓުން، އިންފްލޭޝަން ރޭޓާއި އަޅާބަލާއިރު ލިބޭ ނަފާ ކުޑަ އެވެ. ޑީއައިޕީން ދޭ ޔަގީންކަމަކީ "ދިނަފް" އަކީ މި ހުސްކަން ފޫބައްދައިދޭނެ ވަސީލަތެއް ކަމެވެ.

މިއީ ރާއްޖޭގެ މާކެޓަށް ހާއްސަކޮށްގެން، ދެފުށް ފެންނަ އަދި ފަސޭހައިން ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ، ފަންނީ މާހިރުން މެނޭޖްކުރާ ޕްރައިވެޓް އިންވެސްޓްމަންޓް ފަންޑެކެވެ. މި ފަންޑުގެ ޑެޓް އިޝުއަންސްއެއްގެ ގޮތުގައި ފުރަތަމަ ސީރީޒް ނުވަތަ ޓްރާންޗްއަށް ދީފައިވާ ނަމަކީ "ދިނަފް-36" އެވެ. މި ސީރީޒް ހުޅުވާލި ފަހުން، އަމާޒުކުރި 20 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓްގެ ދެބައިކުޅަ އެއްބައި މިހާރު ވަނީ އެ ކުންފުނިން ހޯދައިފަ އެވެ.

މިއީ ރާއްޖޭގައި އަލަށް އިންވެސްޓްކުރާ ފަރާތްތަކަށް އެކަށީގެންވާ، ކުރު މުއްދަތުގެ މިފަދަ ފުރަތަމަ އިންވެސްޓްމަންޓެވެ. މީގެ ސަބަބުން، ބާޒާރަށް އަންނަ ލޮޅުންތަކުގެ ނުރައްކާ ކުޑަވެފައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ލިބޭނެ ނަފާ ކުރިއާލާ އަންދާޒާކުރެވެ އެވެ.

"ދިނަފް-36" މެދުވެރިކޮށް އިންވެސްޓަރުންނަށް ލިބިގެންދަނީ ކެޕިޓަލް މާކޭޓްގައި ރެގިއުލޭޓްކޮށްފައިވާ އިންވެސްޓްމަންޓް ފަންޑެއްގައި ބައިވެރިވުމުގެ ފުރުސަތެވެ. ޑީއައިޕީއިން ކުރިއަށް މިޖެހިލީ ހަރުދަނާ އުސޫލުތަކާއި، ހުނަރާއި، އަދި ފުރިހަމަ ފަންޑް އެޑްމިނިސްޓްރޭޝަން ނިޒާމެއްގެ ތެރެއިން އިންވެސްޓަރުންނަށް އިތުބާރު ލިބޭ އަދި ޔަގީންކަން އޮތް އާމްދަނީއެއް ހޯދައިދިނުމަށެވެ.

އާދައިގެ ސޭވިންގްސް ވަސީލަތްތަކަކީ ރައްކާތެރި އެއްޗަކަށް ވިޔަސް، އެއިން ލިބޭ ނަފާ ކުޑަ އެވެ. މިސާލަކަށް ރާއްޖޭގެ ބޭންކް ފިކްސްޑް ޑިޕޮސިޓްތަކުގެ މިހާރު ހުރި ރޭޓްތަކަށް ބަލާއިރު ފައިދާއަށް ލިބެނީ މުއްދަތަށް ބަލައި އަހަރަކަށް %2.6 އާއި %5.6 އާ ދެމެދުގެ މިންވަރެކެވެ. ނަމަވެސް "ދިނަފް-36" ގެ ފުރަތަމަ ސީރީޒްއިން ވެސް މިއަށް ވުރެ ރަނގަޅު ނަފާއެއް ލިބިގެންދެ އެވެ. އެގޮތުން:

  • 6 މަސްދުވަހުގެ އިންވެސްޓްމަންޓަށް އަހަރަކަށް %10.5

  • 12 މަސްދުވަހުގެ އިންވެސްޓްމަންޓަށް އަހަރަކަށް %11އާ ހަމައަށް

  • 2 އަހަރުދުވަހުގެ އިންވެސްޓްމަންޓަށް އަހަރަކަށް %11.5އާ ހަމައަށް

  • 3 އަހަރުދުވަހުގެ އިންވެސްޓްމަންޓަށް އަހަރަކަށް %12އާ ހަމައަށް

މި ފުރުސަތުތައް މިވަގުތަށް ލިބިގެންދާނީ ފުރަތަމަ ސަބްސްކްރައިބްކުރާ 20 މިލިއަން ރުފިޔާއަށް އިންވެސްޓްކުރާ ފަރާތްތަކަށެވެ.

ޑީއައިޕީގެ ޓީމުން އިންވެސްޓްމަންޓްތައް މެނޭޖްކުރުމުގެ ސްޓްރެޓެޖީގެ ދަށުން އިސްކަންދޭ ދާއިރާތަކަކީ:

  • ޑީއައިޕީ އިން ރާއްޖޭގެ ވިޔަފާރީގެ މާހައުލު ދިރާސާކޮށް ހޯދާ ޕްރައިވެޓް އިންވެސްޓްމަންޓް ފުރުސަތުތައް

  • ކާމިޔާބު އަދި ޓްރެކް-ރިކޯޑް ހުރި ވިޔަފާރިތަކަށް ފޯރުކޮށްދޭ ޝޯޓް-ޓާމް ފައިނޭންސިން

  • އެސެޓް ބެކްޑް ފައިނޭންސިންގް (މުދަލަށް ބިނާކޮށް ދޫކުރާ ފައިސާ)އުފެއްދުންތެރި ވަސީލަތްތަކާ ގުޅިފައިވާ ރިއަލް އެސްޓޭޓް އަދި އެހެނިހެން ފައިނޭންސިން

ޑީއައިޕީން އަމާޒުކުރާ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަން، ޓްރޭޑިންގ ވިޔަފާރި، ރިއަލް އެސްޓޭޓް ތަރައްގީކުރުން ފަދަ ދާއިރާތައް ހިމެނެ އެވެ.

މިފަދަ އިންވެސްޓްމަންޓް ފަންޑްތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭންކިންގ ނިޒާމުގެ އިތުރުން، ކެޕިޓަލް މާކެޓް މެދުވެރިކޮށް އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދޭ ޕްލެޓްފޯމެކެވެ. ރާއްޖޭގައި ވެސް މިފަދަ ޕްރޮޑަކްޓްތައް ތަޢާރަފުވެ ކުރިއަރަން ފަށާފައިވާއިރު، އޮކްޓޫބަރު 2025ގައި ލޯންޗް ކުރި ދިނަފް-36 އަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާކަން ފާހަގަކުރެވެ އެވެ. މިއީ ދިވެހި މާކެޓަށް ހާއްސަކޮށް ފަރުމާކޮށްފައިވާ، ގިނަގުނަ ފައިދާތަކެއް އެކުލެވޭ އިންވެސްޓްމަންޓް ފަންޑެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް