އުރީދޫ ފަން ރަން ޝޯ މި މަހު 18ގެ ރޭގަނޑު 8 އިން 11:59އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮންނާނެ.

އުރީދޫ ފަން ރަން

އުރީދޫ ފަން ރަން ޝޯ މަޝްހޫރު ފަންނާނުން އެކު މި މަހު 18ގައި

އުރީދޫ ފަން ރަން އަކީ ހަމައެކަނި ދުވުމެެއްގެ އިތުރަށް، މިއީ މުޖުތަމައުގެ ދުޅަހެޔޮކަމާއި އުފާވެރިކަން ދައްކުވައިދޭ ހަރަކާތެއް
9 ޑިސެމްބަރު 2025

އުރީދޫ ފަން ރަން މިއުޒިކް ޝޯ މި މަހު 18ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އުރީދޫން އިއްޔެ ބުނި ގޮތުގައި، ހުޅުމާލޭގައި ބާއްވާ ފަން ރަން އޮންނަ މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން، އޭގެ ކުރީ ރޭގެ 8 އިން 11:59އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި އެ ޝޯ އޮންނާނެ އެވެ.

ތަފްސީލް - އުރީދޫ ފަން ރަން 2025 ފެސްޓިވަލްގެ ތެރެއިން މިއަހަރުގެ މިއުޒިކް ޝޯގައި ރާއްޖޭގެ އެންމެ ހުނަރުވެރި އަދި މަޝްހޫރު ބޭންޑްތައް ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޓްރެފިކް ޖޭމް

  • އިކުއެޓިކް ވައިބް

  • ހަބޭސް

  • ސިމްބޮލިކް ރެކޯޑްސް

އުރީދޫ ފަން ރަންއަކީ ހަމައެކަނި ދުވުމެެއްގެ އިތުރަށް، މިއީ މުޖުތަމައުގެ ދުޅަހެޔޮކަމާއި އުފާވެރިކަން ދައްކުވައިދޭ ހަރަކާތެކެވެ.

މި މިއުޒިކް ޝޯއަކީ އަބަދު ވެސް ކްރައުޑްގެ ފޭވަރިޓެކެވެ. އުރިީދޫގެ އަމާޒަކީ، އެ ކުންފުނިން ބުނި ގޮތުގައި، މީހުން އެއްތަނަކަށް އެއްކޮށް، އެކްޓިވް ދިރިއުޅުމަށް ހިތްވަރުދީ، ދިވެހި ހުނަރު ދައްކާލުމަށް ހިތްވަރު ދިނުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް