މި މުބާރާތުގައި މި އަހަރު އަންހެން ޑިވިޝަނުން 21 ޓީމު އަދި ފިރިހެން ޑިވިޝަނުން 4 ޓީމުގެ ހުނަރު ފެނިގެންދާނެ. (ފޮޓޯ/ދިރާގު)

ދިރާގު

އިންޓަ އޮފީސް/ކޮމްޕެނީ ނެޓްބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިދިޔަ ހޯމަ ދުވަހު ފެށި މި މުބާރާތް މި މަހުގެ 20ގެ ނިޔަލަށް ނެޓްބޯލް ސިންތެޓިކް ޓްރެކުގައި ކުރިއަށްދާނެ
4 ޑިސެމްބަރު 2025

އިންޓަ އޮފީސް/ކޮމްޕެނީ ނެޓްބޯޅަ މުބާރާތް 2025ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - މި ފޯރިގަދަ ނެޓްބޯޅަ މުބާރާތުގައި ރާއްޖޭގެ އެކި އޮފީސްތަކާއި ކުންފުނިތަކުގެ ޓީމުތައް ވަނީ ބައިވެރިވެފަ އެވެ.

ތަފްސީލް - ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިދިޔަ ހޯމަ ދުވަހު ފެށި މި މުބާރާތް މި މަހުގެ 20ގެ ނިޔަލަށް ނެޓްބޯލް ސިންތެޓިކް ޓްރެކުގައި ކުރިއަށްދާނެ އެވެ.

އަންހެން އަދި ފިރިހެން ޑިވިޝަނަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި މި އަހަރު އަންހެން ޑިވިޝަނުން 21 ޓީމު އަދި ފިރިހެން ޑިވިޝަނުން 4 ޓީމުގެ ހުނަރު ފެނިގެންދާނެ އެވެ.

ނެޓްބޯޅައަކީ ދިވެހިންގެ ތެރޭގައި މަގުބޫލު އެއް ކުޅިވަރެވެ. އަދި މި މުބާރާތަކީ ރާއްޖޭގައި ނެޓްބޯޅައިގެ އެންމެ މޮޅެތި ކުޅުންތެރިން ފެނިގެންދާނެ އެއް މުބާރާތެވެ.

ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތައް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ، މި ފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުންދެމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް