ދިރާގާއި މެގަޗިޕް ގުޅިގެން ދޭ ބަންޑްލްގައި ހިމެނޭ ބައެއް ތަކެތި.
ދިރާގު ގޭމާސް ގިލްޑާއި މެގަޗިޕުގެ ޕްރޮމޯޝަން: އޭލިއަންވެއާ ގޭމިން ބަންޑްލްއެއް
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޑީޖީޖީގެ ޕާޓްނަރު މެގަޗިޕްއާ ގުޅިގެން އޭލިއަންވެއާ ބްރޭންޑުގެ ގޭމިން ބަންޑްލްއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މި އަހަރުގެ ނިޔަލަށް ބައިވެރިވޭ މި ގިވްއަވޭން ދޭ އިނާމު ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ލިބޭނެ އެވެ.
ތަފްސީލް - މި ގިވްއަވޭގައި ބައިވެރިވުމަށް:
-
dgg.mvއަށް ސައިންއަޕް ކުރުން
-
@dhiraagu.gg އަދި @megachipelectronics ފޮލޯ ކުރުން
-
ގިވްއަވޭގެ ސޯޝަލް މީޑިއާ ޕޯސްޓް ޝެއާ ކުރުން
ގޭމް ކުޅުންތެރިންނަށް ހާއްސަ އޭލިއަންވެއާ ބަންޑްލްގައި ހިމެނެނީ:
-
އޭލިއަންވެއާ 34 އިންޗީގެ ގޭމިން މޮނިޓަރެއް
-
އޭޑަބްލިއު ވަޔާޑް ގޭމިން ހެޑްސެޓެއް
-
އޭޑަބްލިއު 420ކޭ ޓެންކީލެސް ގޭމިން ކީބޯޑެއް
-
އޭޑަބްލިއު ވަޔަލެސް ގޭމިން މައުސްއެއް
ފާހަގަކޮށްލެވޭ - ޑީޖީޖީން އަންނަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަ އިނާމުތަކާއި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޑީޖީޖީން ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާ އެކު ބާއްވައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދީ، ހުނަރުތައް ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް ވެސް ހޯދައިދެ އެވެ.