އުރީދޫން މި އަހަރު ކުރީކޮޅު އައްޑޫގައި ކުރިއަށްގެންދިޔަ އުރީދޫ ފަން ރަންގެ ތެރެއިން. (ފައިލް ފޮޓޯ/އުރީދޫ)

އުރީދޫ ފަން ރަން

އުރީދޫ ފަން ރަންގައި ބައިވެރިވެގެން 'ދަ ކޮފީބީން އެންޑް ޓީ-ލީފް'އިން އިނާމުތަކެއް

އަންނަ މަހު 19ގައި ހުޅުމާލޭގައި ބާއްވާ އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުުވާލާފައި
12 ނޮވެމްބަރު 2025

އުރީދޫ ފަން ރަން 2025ގައި 'ދަ ކޮފީބީން އެންޑް ޓީ-ލީފް'ގެ ފަރާތުން ހާއްސަ އިނާމުތަކެއް ލިބޭ 250 ޓިކެޓު ފަންކިޓުތަކުގެ ތެރޭގައި ހިމަނައިފި އެވެ.

އުރީދޫ ފަން ރަންގައި ބައިވެރިވެ، ފަންކިޓު ގަންނަ ފަރާތަތަކަށް ގޯލްޑް، ޕާޕަލް ނުވަތަ ސިލްވާ ޓިކެޓު ހޯދައި ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

1 ގޯލްޑެން ސްވިލް ޓިކެޓް

  • ދަ ކޮފީ ބީން އެންޑް ޓީ ލީފްގައި އައިސް ބްލެންޑެޑް ބުއިންތައް އެއް އަހަރުދުވަހުގެ ސަޕްލައި 

  • މި އެވޯޑު ލިބޭ ފަރާތަކަށް 19 ޑިސެމްބަރު 2025 އިން 30 ނޮވެމްބަރު 2026ގެ ނިޔަލަށް ކޮންމެ މަހަކު ދެ އައިސް ބްލެންޑެޑް ބުއިން ހިލޭ ލިބޭނެ

5 ޕާޕަލް ޓިކެޓް

  • ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސްގެ މެނޫގައި ހިމެނޭ ފަސް ހޭންޑްކްރާފްޓެޑް ބުއިން ހިލޭ ލިބޭނެ

244 ސިލްވާ ޓިކެޓް

  • ކޮންމެ ބުއިމެއް ގަންނަ ކޮންމެ މީހަކަށް %5ގެ ޑިސްކައުންޓް ލިބޭނެ

އަންނަ މަހު 19ގައި ހުޅުމާލޭގައި ބާއްވާ އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުުވާލާފަ އެވެ. އެގޮތުން، މި ދުވުމުގައި އޮންލައިންކޮށް ބައިވެރިވެވޭނެ އެވެ.

ފަން ރަންގައި ދެ ވައްތަރެއްގެ ފަންކިޓް ހިމެނެ އެވެ. އެއީ:

  • 210ރ.އަށް - ފަން ރަން ޓީޝާޓް، ރިސްޓްބޭންޑް، ކްލޯތު ބޭގް، އައިނު، މަލްޓި ޕާޕަސް ބަންޑަނާ އަދި ރީޔޫސަބަލް ފެންފުޅި

  • 110ރ.އަށް: ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑް އަދި ރީޔޫސަބަލް ފެންފުޅި

އިތުރު އާޓިކަލް

އިތުރު އާޓިކަލް