މި ޕެކޭޖް އެކްޓިވޭޓްކޮށްގެން 31 މޭ 2026ގެ ނިޔަލަށް މި ހިދުމަތް ބޭނުންކުރެވޭނެ.

ދިރާގު

ދިރާގުން ކުޅިވަރު ޗެނަލްތައް މީޑިއާނެޓް މެދުވެރިކޮށް ބަލާލެވޭ ގޮތް ހަދައިފި

ދިރާގުއެޕް މެދުވެރިކޮށް 450ރ.އަށް އަންލިމިޓެޑް ސްޕޯޓްސްޕާސް އެކްޓިވޭޓްކުރެވޭނެ
6 ނޮވެމްބަރު 2025

ދިރާގުން ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށް، މީޑިއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް މިއަދު ތައާރަފުކޮށްފި އެވެ.

ތަފްސީލް - މި ހިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް ކުޅިވަރަށް ހާއްސަ ޗެނަލްތައް ފަސޭހަކަމާ އެކު ބަލާލެވޭނެ އެވެ.

މި ހިދުމަތް މެދުވެރިކޮށް:

  • ދުނިޔޭގެ އެންމެ މަގްބޫލު މުބާރާތްތައް ކަމަށްވާ ޕްރިމިއަ ލީގް، ޔުއެފާ ޗެމްޕިއަންސް ލީގް އަދި އެހެނިހެން ބޮޑެތި ފުޓްބޯޅަ މުބާރާތްތައް ވަގުތުން ބަލާލެވޭނެ 

  • ކްރިކެޓް، ވޮލީބޯޅަ، ބެޑްމިންޓަން، ޓެނިސް އަދި އިތުރު ކުޅިވަރުތައް ބަލާލުމުގެ ފުރުސަތު ވެސް ލިބޭނެ

މި ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް:

  • ދިރާގުއެޕް މެދުވެރިކޮށް 450ރ.އަށް އަންލިމިޓެޑް ސްޕޯޓްސްޕާސް އެކްޓިވޭޓްކުރެވޭނެ 

  • ޕެކޭޖަށް ފައިސާ ދެއްކުމަށް، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެ ކަސްޓަމަރެއްގެ ބިލާ އެކު ފައިސާ ދެއްކޭނެ 

  • ޕްރިޕެއިޑް ކަސްޓަމަރުންނަށް އެކައުންޓްގެ ބެލެންސް ބޭނުންކޮށްގެން ފަސޭހަކަމާ އެކު ފައިސާ ދެއްކޭނެ

މިއީ ދިރާގު އެޕް މެދުވެރިކޮށް މީޑިއާނެޓްގެ ޕެކޭޖެއް އެކްޓިވޭޓްކުރެވޭ ގޮތަށް ތައާރަފުކުރި ފުރަތަމަ ހިދުމަތެވެ.

މި ޕެކޭޖް އެކްޓިވޭޓްކޮށްގެން އަންނަ 31 މޭގެ ނިޔަލަށް މި ހިދުމަތް ބޭނުންކުރެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް