ރެޑްވޭވްގެ ފިހާރައެއް. (ދައުރު ފައިލް ފޮޓޯ)

ރެޑްވޭވް

ރެޑްވޭވް އަހަރީ ސޭލް: ބޮޑެތި ޑިސްކައުންޓާއި ލައްކައެއްގެ ފައިސާގެ އިނާމު

އެއް ވަނައަށް 100،000ރ.ގެ ފައިސާގެ އިނާމު ލިބޭނެ؛ އިތުރު 10 މީހަކަށް 5،000ރ.ގެ ފައިސާގެ އިނާމު ވެސް ލިބޭނެ
2 ނޮވެމްބަރު 2025

ފަހި ދިރިއުޅުން ފްލެޓްތަކަށް ބަދަލުވަމުން އަންނަ އެންމެންނަށް މިއޮތީ ރަނުގެ ފުރުސަތެކެވެ. މި އަހަރުގެ ރެޑްވޭވް އަހަރީ ސޭލް މިހާރު ވަނީ ފަށާފަ އެވެ. މިގޮތުން، މި ސޭލްގައި ފަރުނީޗަރު އަދި ގެއަށް ބޭނުންވާ އެހެނިހެން ސާމާނުތަކުން ވަނީ %5 އިން %70އާ ހަމައަށް ޑިސްކައުންޓް ހިމަނާފަ އެވެ.

ރެޑްވޭވްއަކީ މުޅި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފަރުނީޗަރު ވިއްކަމުން އަންނަ ތަނެވެ. މި އަހަރުގެ ރެޑްވޭވް އަހަރީ ސޭލްގައި ހިމެނެނީ ހަމައެކަނި ޑިސްކައުންޓެއް ނޫނެވެ. ނަސީބު ގުރުއަތުން އަގުހުރި ގިނަ އިނާމްތަކެއް ވެސް ލިބޭނެ އެވެ.

ގުރުއަތުގައި ބައިވެރިވުމަށް ރެޑްވޭވްގެ 12 ފިހާރައިގެ ތެރެއިން ކޮންމެ ތަނަކުން ކުރާ ކޮންމެ 500ރ.ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.

ނަމަވެސް މިފަހަރު ލިބޭނީ އެހެން އަހަރުތަކާ ތަފާތުކޮށް ޑިޖިޓަލް ކޫޕަނެކެވެ. އެހެންވެ، ކޫޕަން ގެއްލިގެން އުޅޭކަށް ނުޖެހޭނެ އެވެ. ކޮންމެ ކޫޕަނެއް ވެސް އޮޓޮމެޓިކުން އެ ކަސްޓަމަރަކަށް ލިބޭނެ އެވެ.

މި އަހަރު ގުރުއަތުން:

  • އެއް ވަނައަށް - 100،000ރ.ގެ ފައިސާގެ އިނާމު 

  • އިތުރު 10 މީހަކަށް 5،000ރ.ގެ ފައިސާގެ އިނާމު

އަހަރީ ސޭލްގައި ހިމެނޭ މުދާ ރެޑްވޭވްގެ ވެބްސައިޓުން ވެސް ލިބޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް