ދިރާގު ރޯޑް ރޭސް 2025ގައި ބޭނުންކުރަން ސޯލާ ޕެނަލްތައް ހަރުކުރަނީ

ދިރާގު ރޭހުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް ހާސިލުކޮށްފި

ރޯޑް ރޭސް ކުރިއަށްގެންދިޔަ ސަރަހައްދުގައި ދިރާގުން ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް މެދުވެރިކޮށް 1040 ކިލޯވޯޓުގެ އިއާދަކުރަނިވި ހަކަތަ އުފައްދައި 645 ކިލޯގްރާމްގެ ކާބަންޑައިއޮކްސައިޑް ވައިގެ ތެރެއަށް ދިއުމުން ވަނީ ސަލާމަތްކޮށްފައި
30 އޮކްޓޯބަރު 2025

ދިރާގުން ސަސްޓެއިނަބިލިޓީއަށް ދޭ އިސްކަމުގެ ދަށުން، މި އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު)ގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހާއްސަ ލަނޑުދަނޑިއެއް ހާސިލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ޑީއެމްއާރުއާރު ބޭއްވުމަށް ބޭނުންކުރި ކަރަންޓުގެ މިންވަރު ގްރިޑް-ޓައިޑް ސޯލާ ސިސްޓަމް މެދުވެރިކޮށް ވަނީ %100 އޮފް-ސެޓްކޮށްފަ އެވެ.

ތަފްސީލް - މި އިސްނެގުމުގެ މަތިން، ރޯޑް ރޭސް ކުރިއަށްގެންދިޔަ ސަރަހައްދުގައި ދިރާގުން ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް މެދުވެރިކޮށް 1040 ކިލޯވޯޓުގެ އިއާދަކުރަނިވި ހަކަތަ އުފައްދައި 645 ކިލޯގްރާމްގެ ކާބަންޑައިއޮކްސައިޑް ވައިގެ ތެރެއަށް ދިއުމުން ވަނީ ސަލާމަތްކޮށްފަ އެވެ.

ދިރާގު ރޯޑް ރޭސް 2025ގައި ބޭނުންކުރަން ސޯލާ ޕެނަލްތައް ހަރުކުރަނީ
ދިރާގު ރޯޑް ރޭސް 2025ގައި ބޭނުންކުރަން ސޯލާ ޕެނަލްތައް ހަރުކުރަނީ

މިއީ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ އިތުރުން، ދެމެހެއްޓިނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓެކްނޮލޮޖީ އަދާކުރާ މުހިންމު ދައުރު އިތުރަށް ދައްކުވައިދޭ ކަމެކެވެ. މިއީ، ތިމާވެއްޓަށް ގެއްލުން ނުވާނެހެން ޒިންމާދާރުކަމާ އެކު މިފަދަ ބޮޑެތި ހަރަކާތްތައް ބޭއްވިދާނެކަން ސާބިތުކޮށްދޭ ކަމެކެވެ.

މި ހަރަކާތުގައި ބޭނުންކޮށްފައިވާ ސޯލާ ޕެނަލްތައް މި ހަރަކާތަށްފަހު ދެން ބޭނުންކުރާނީ ދިރާގުން މިހާރު ވެސް ކުރިއަށްގެންދާ ސޯލާ ޕްރޮޖެކްޓްތަކުގަ އެވެ. މި ޕްރޮޖެކްޓްގެ ދަށުން ދިރާގުން ވަނީ 95 ރަށެއްގައި ސޯލާ އިންސްޓަލޭޝަން ގާއިމުކޮށް އެ ކުންފުނީގެ އޮޕަރޭޝަންތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރަމުންނެވެ.

ދިރާގު ރޯޑް ރޭސް 2025ގައި ބޭނުންކުރަން ސޯލާ ޕެނަލްތައް ހަރުކުރަނީ
ދިރާގު ރޯޑް ރޭސް 2025ގައި ބޭނުންކުރަން ސޯލާ ޕެނަލްތައް ހަރުކުރަނީ

މިކަމުގެ ސަބަބުން އެ ކުންފުނިން ބޭނުންކުރާ ޖުމްލަ ހަކަތައިގެ %19އަކީ އިއާދަކުރަނިވި ހަކަތައެވެ. މީގެ ސަބަބުން ކޮންމެ އަހަރަކު 2،053 ޓަނުގެ ކާބަންޑައިއޮކްސައިޑް ވައިގެ ތެރެއަށް ދިއުމުން ސަލާމަތްކޮށްދެ އެވެ.

މީގެ އިތުރުން، އެއް ފަހަރު ބޭނުންކުރުމަށް ފަހު އުކާލާ ޕްލާސްޓިކް މަދު ކުރުމަށް ދިރާގުން ދޭ އިސްކަމުގެ ދަށުން، 2019 ވަނަ އަހަރުން ފެށިގެން ޑީއެމްއާރުއާރުގައި ދުވުންތެރިންނަށް ހާއްސަ ވޯޓާ ސްޓޭޝަންތަކެއް މެދުވެރިކޮށް ފެން ވަނީ ފޯރުކޮށްދީފަ އެވެ. މި އިސްނެގުމުގެ ދަށުން، މި އަހަރު 18،000 ޕްލާސްޓިކް ފެންފުޅި ވަނީ މަދުކޮށްފަ އެވެ.

ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން ފުޅާކުރުމަށް އަދި ތިމާވެށި ރައްކާތެރިކުރުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީ މުހިންމު ޕްރޮގްރާމްތައް ދަނީ ކުރިއަށްގެންދަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް