ބީއެމްއެލް އިން ޅ. ހިންނަވަރުގައި ބްރާންޗެއްގެ ބިންގާ އަޅަނީ. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްއިން ހިންނަވަރުގައި ބްރާންޗެއްގެ ބިންގާ އަޅައިފި

މިހާރު ވެސް ބީއެމްއެލް އިން އަންނަނީ ޅ. ނައިފަރުގައި ގާއިމުކޮށްފައިވާ އެ ބޭންކުގެ ބްރާންޗު މެދުވެރިކޮށް، އެ އަތޮޅުގެ ރައްޔިތުންނަށް ބޭންކިން ހިދުމަތް ފޯރުކޮށްދެމުން
27 އޮކްޓޯބަރު 2025
1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޅ. ހިންނަވަރުގައި ބްރާންޗެއްގެ ބިންގާ މިއަދު އަޅައިފި އެވެ.

ވީ ކިހިނެއް؟ - ބިންގާ އެޅުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިސްބޭފުޅުންގެ ތެރޭގައި:

  • ރައީސް މުހައްމަދު މުއިއްޒު 

  • ވަޒީރުން 

  • ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބް 

  • ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް 

  • ބީއެމްއެލްގެ އިސްބޭފުޅުން

ތަފްސީލް - މިހާރު ވެސް ބީއެމްއެލް އިން އަންނަނީ ޅ. ނައިފަރުގައި ގާއިމުކޮށްފައިވާ އެ ބޭންކުގެ ބްރާންޗު މެދުވެރިކޮށް، އެ އަތޮޅުގެ ރައްޔިތުންނަށް ބޭންކިން ހިދުމަތް ފޯރުކޮށްދެމުންނެވެ. 

މީގެ އިތުރުން، އެ ބޭންކުން ވަނީ ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް-ސާވިސް އޭޓީއެމްގެ ހިދުމަތް ވެސް ގާއިމުކޮށްފަ އެވެ.

ބީއެމްއެލް ބޭންކިން ވިއުގަ

  • 20 އަތޮޅުގައި 42 ބްރާންޗު 

  • 200 ސެލްފް-ސާވިސް ބޭންކިން ސެންޓަރު

  • 258 އޭޓީއެމް 

  • އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް

ކޮމެންޓް (1)

ތެފައާސާ.

28 އޮކްޓޯބަރު 2025
ބިންގާތައް މިއަށްވުރެން ފުޅާކުރެވޭނެ ގޮތެއް ނެތްތޯ؟ ނުލާހިކު ބޮޑު އިއްޒަތްތެރި 5 ބޭކަލަކު ފިތި ބާރުވެގެން ބިންގާ އަޅުއްވާ މަންޒަރުން ރައްޔިތުންގެ ހިތްތަކަށް ނުތަނަވަސްކަން ވެރިވާނެ. އަނެއްކާ، ބިންގާ ފުޅާ ކުރީމާ ކެބިނެޓްގެ އިތުރު މެމްބަރުންނާއި ބޭންކުގެ މުޅި ބޯޑަށްވެސް ބިންގާ އެޅުމުގެ މި ބޮޑު ބިޔަ ރަސްމިއްޔާތުގައި ބައިވެރިވެ އެ އުފާ ލިބިގަތުމުގެ ފުރުސަތު ލިބިގެންދާނެ. ރަނގަޅު ކޮށްލަދެއްވާ!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް