ލ. ކަލައިދޫގައި ބީއެމްއެލްގެ އޭޓީއެމް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްއިން މުޅި ލ. އަތޮޅަށް އޭޓީއެމްގެ ހިދުމަތް؛ 19 ވަނަ އަތޮޅު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލ. ކަލައިދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް މިއަދު ފަށައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފި އެވެ.
ތަފްސީލް - ކަލައިދޫގައި އޭޓީއެމްގެ ހިދުމަތް ގާއިމްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިސްބޭފުޅުންނަކީ:
-
ރައީސް މުހައްމަދު މުއިއްޒު
-
ވަޒީރުން
-
ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބް
-
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް
-
ބީއެމްއެލްގެ އިސްބޭފުޅުން
ބުނީ ކީކޭ؟ - "ލ. އަތޮޅުގައި މިއަދު އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވުމާ އެކު، 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން 19 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވިފައިވާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން،" ޝަރީފް ވިދާޅުވި އެވެ.
"ރައްޔިތުން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމުގައި އޭޓީއެމްތަކުން މުހިންމު ދައުރެއް އަދާކުރޭ. ބޭންކުގެ ވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، ޑިޖިޓަލް ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ވެސް އަޅުގަނޑުމެން މި އަންނަނީ މުހިންމު މަސައްކަތް ކުރަމުން."
ބީއެމްއެލްގެ ބޭންކިން ވިއުގަ
-
20 އަތޮޅުގައި 42 ބްރާންޗު
-
200 ސެލްފް ސާވިސް ބޭންކިން ސެންޓަރު
-
258 އޭޓީއެމް
-
އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް
ކޮމެންޓް (1)
ތެފައާސާ.