ރެޑް ކްރެސެންޓުގެ ހުޅުމާލޭ ބިން ތަރައްގީ ކުރަން ފަސްޓް ނެޝަނަލް އާއި ރެޑް ކްރެސެންޓާ އެކު ސޮއިކުރަނީ: މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަފާތު މާލީ މޮޑެލްއަކަށް ޖަމްއިއްޔާއެއްގެ އިމާރާތް ތަރައްގީ ކުރާ ފުރަތަމަ ފަހަރު (ފޮޓޯ/ފަސްޓް ނޭޝަނަލް)

ފަސްޓް ނެޝަނަލް

ފަސްޓް ނެޝަނަލްއިން ތާރީހީ މާލީ މޮޑެލްއެއްގައި ރެޑް ކްރެސެންޓުގެ ހުޅުމާލޭ ބިން ތަރައްގީކުރަނީ

މިއީ ރާއްޖޭގެ ތާރީހުގައިވެސް ޕަބްލިކް، ޕްރައިވެޓް އަދި މުޖްތަމައުގެ ލާބައަށް އިޖްތިމާއީ މަސައްކަތެއް ކުރިއެރުވުމަށް، "ބްލެންޑަޑް ފައިނޭންސް މޮޑެލް"ގައި ކުރިއަށް ގެންދާ ފުރަތަމަ މަޝްރޫއު
15 އޮކްޓޯބަރު 2025
1

ދިވެހި ރެޑް ކްރެސެންޓްގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް އެ ޖަމާއަތުގެ ހުޅުމާލޭ ބިން ތަރައްގީ ކުރުމަށް، ދިވެހި ރެޑް ކްރެސެންޓާއި ފަސްޓް ނެޝަނަލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފާހަގަކޮށްލެވޭ - މިއީ ރާއްޖޭގެ ތާރީހުގައި ވެސް ޕަބްލިކް، ޕްރައިވެޓް އަދި މުޖްތަމައުގެ ލާބައަށް އިޖްތިމާއީ މަސައްކަތެއް ކުރިއެރުވުމަށް، "ބްލެންޑަޑް ފައިނޭންސް މޮޑެލް"ގައި ކުރިއަށް ގެންދާ ފުރަތަމަ ޕްރޮޖެކްޓެވެ.

ވީ ކިހިނެއް؟ - އެކަމުގެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރީ އިއްޔެ މާގިރި ހޮޓަލްގައި ބޭއްވި ހަފްލާއެއްގަ އެވެ. 

މިފަދަ މަޝްރޫއުއެއްގައި މަސައްކަތްކުރުމަށް ފަސްޓް ނެޝަނަލްއަށް ފުރުސަތު ލިބުމަކީ، ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމެއް

ހަސަން ޒިޔަތު، ފަސްޓް ނެޝަނަލްގެ ސީއީއޯ

ތަފްސީލް - އެ އެއްބަސްވުމުގެ ދަށުން، ހުޅުމާލޭގައި އޮތް ދިވެހި ރެޑް ކްރެސެންޓްގެ ބިން ތަރައްގީކުރާނެ ގޮތް ރާވައި ފައިނޭންސް އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށް ގެންދާނީ، ދިވެހި ރެޑް ކްރެސެންޓާއި ފަސްޓް ނެޝަނަލް ގުޅިގެންނެވެ. މި މަޝްރޫއަކީ:

  • ރާއްޖޭގެ ތާރީހުގައި ވެސް ދިވެހި ރެޑް ކްރެސެންޓްގެ ވަސީލަތްތައް ތަރައްގީކޮށް އެ ޖަމިއްޔާގެ ގާބިލްކަން ހަރުދަނާކުރަން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއުއަށް ވެގެންދާނެ 

ފަސްޓް ނެޝަނަލް އާއި ރެޑް ކްރެސެންޓާ ދެމެދު ސޮއިކުރަން ބޭއްވ ރަސްމިއްޔާތު (ފޮޓޯ/ފަސްޓް ނޭޝަނަލް)

ބުނީ ކީކޭ؟ - އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައި ފަސްޓް ނެޝަނަލްގެ ސީއީއޯ ހަސަން ޒިޔަތު ވިދާޅުވީ އެ މަޝްރޫއަކީ ރާއްޖޭގައި އިންސާނިއްޔަތަށް ކުރާ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަށެވެ.

"މިފަދަ މަޝްރޫއުއެއްގައި މަސައްކަތްކުރުމަށް ފަސްޓް ނެޝަނަލްއަށް ފުރުސަތު ލިބުމަކީ، ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމެއް،" ޒިޔަތު ވިދާޅުވި އެވެ. 

ދިވެހި ރެޑް ކްރެސެންޓްގެ ރައީސް އަލީ ނާޝިދު: އެ މަޝްރޫއާ އެކު ރެޑް ކްރެސެންޓުގެ އެތައް ކަމެއް ތަރައްގީވެގެން އަންނާނެ ކަމަށް އޭނާ ވިދާޅުވި (ފޮޓޯ/ފަސްޓް ނޭޝަނަލް)

މި ހަފްލާގައި ދިވެހި ރެޑް ކްރެސެންޓްގެ ރައީސް އަލީ ނާޝިދު ވިދާޅުވީ މިއީ އެތައް އަހަރެއް ވަންދެން ދިވެހި ރެޑް ކްރެސެންޓްއިން ހަގީގަތަކަށް ހަދަން މަސައްކަތް ކުރަމުން އަންނަ މަޝްރޫއެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަޝްރޫއު ނިމުމުން: 

  • އެ ޖަމާއަތުން ފޯރުކޮށްދޭ ހިދުމަތްތަކާއި ހަރަކާތްތައް އިތުރަށް ފުޅާކުރެވޭނެ

  • ކާރިސާތަކަށް އިޖާބަދިނުމާއި ކާރިސާގެ ހާލަތްތަކަށް ތައްޔާރުވުމަށް އަދި ވިލުންތެރި މުޖްތަމައުއެއް ބިނާކުރުމަށް އެ ޖަމާއަތުން ހިންގާ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތުގައި ހިންގަން މަގުފަހިވެގެން ދާނެ

ކޮމެންޓް (1)

ހާސަރު

15 އޮކްޓޯބަރު 2025
ތިބުނާ މާލީ މޮޑެލަކީ މީގަ ކޮބައިކަމެއް ނެތެއްނު؟ ބޭކާރު ހާސަރު ނުދަމާ ބަލަ ވާނުވާ އެނގޭވަރަށް ލިޔެން ނެތިއްޔާ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް