ޅ. އޮޅުވެލިފުށީގައި އޭޓީއެމްގެ ހިދުމަތް ފެށުން. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްއިން މުޅި ޅ. އަތޮޅުގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފި

އޮޅުވެލިފުށީގައި އޭޓީއެމް ހިދުމަތް ފެށުމާ އެކު، ހއ. ތުރާކުނުން މާލެއާ ހަމައަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ވަނީ ފަށާފައި
12 އޮކްޓޯބަރު 2025
1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން ޅ. އޮޅުވެލިފުށީގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް މިއަދު ފަށައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފި އެވެ.

ތަފްސީލް - އޭޓީއެމް ހިދުމަތް ތައާރަފްކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ:

  • ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް

  • ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބް 

  • ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް 

  • ބީއެމްއެލްގެ އިސްބޭފުޅުން

ބުނީ ކީކޭ؟ - "ޅ. އޮޅުވެލިފުށީގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވުމާ އެކު ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލްވެފައިވާކަން އަޅުގަނޑު އުފަލާ އެކު ފާހަގަކުރަން،" ޝަރީފް ވިދާޅުވި އެވެ.

"މިއީ ވަރަށް ވެސް ހާއްސަ ކާމިޔާބީއެއް. މިއަދު އޮޅުވެލިފުށީގައި އޭޓީއެމް ހިދުމަތް ފެށުމާ އެކު، ހއ. ތުރާކުނުން ފެށިގެން މާލެއާ ހަމައަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަޅުގަނޑުމެންގެ އޭޓީއެމް ގާއިމުކުރުމުގެ ލަނޑުދަނޑި ވެސް މިވަނީ ހާސިލްކުރެވިފައި."

ބީއެމްއެލް ވިއުގަ

20 އަތޮޅުގައި 42 ބްރާންޗު

193 ސެލްފް ސާވިސް ބޭންކިން ސެންޓަރު

251 އޭޓީއެމް

އެންމެ ޒަމާނީ އޮންލައިން ބޭންކިން

ކޮމެންޓް (1)

ތެފައާސާ.

13 އޮކްޓޯބަރު 2025
ހުރިހާ ރަށެއްގައި އޭޓީއެއް ހުޅުވައި ނިމުނުއިރު، ދެރަކަމަކީ ކާޑު ހިފައިގެން އޭޓީއެމް ދޮށަށްގޮސް ނަގާނޭ ބޮޑު ލާރިއެއްވެސް އެކައުންޓުގައި ނެތީތީ. އެހާވެސް ދިރިއުޅުމުގެ ޚަރަދުބަރަދު ބޮޑުވެއްޖެ. ކީއްކުރާނީ ދޯ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް