އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގް 2025 ކާމިޔާބުކުރި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/އުރީދޫ)

އުރީދޫ

އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގް: މުޅި ރާއްޖެއަށް ހުޅުވާލި ފުރަތަމަ މުބާރާތް ނިންމާލައިފި

16 އަތޮޅެއްގެ 35 ރަށުން 49 ޓީމް ބައިވެރިވި މި މުބާރާތުގައި 294 ކުޅުންތެރިން ވާދަކުރި
5 އޮކްޓޯބަރު 2025

މުޅި ރާއްޖެއަށް ހުޅުވާލައިގެން އަމިއްލަ އަތޮޅާއި ރަށް ތަމްސީލުކުރުމުގެ ފުރުސަތު ކުޅުންތެރިންނަށް ހޯދައިދިން ފުރަތަމަ އީސްޕޯޓްސް މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގް 2025ގެ ޗެމްޕިއަންކަން ށ. ކޮމަންޑޫ އެސްޑީއެމްޒީ އެންޖީ ހޯދައިފި އެވެ. 

ވީ ކިހިނެއް؟ - މުޅިން އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ކުޅެފައިވަނީ ޕަބްޖީ މޮބައިލް އެވެ. އެގޮތުން، 16 އަތޮޅެއްގެ 35 ރަށުން 49 ޓީމް ބައިވެރިވި މި މުބާރާތުގައި 294 ކުޅުންތެރިން ވާދަކުރި އެވެ.

އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގް 2025 ކާމިޔާބުކުރި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/އުރީދޫ)

ތަފްސީލް - މި މަހުގެ 2ގައި އުރީދޫ މޯލްޑިވްސްގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވަނަވަނައަށް ދިޔަ ޓީމްތަކާއި އެ ރަށްރަށުގެ ކައުންސިލުން ވަނީ ބައިވެރިވެފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގް 2025 ކާމިޔާބުކުރި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/އުރީދޫ)

އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގް 2025 ކާމިޔާބުކުރި ފަރާތްތައް:

  • 1 ވަނަ - ކޮމަންޑޫ އެސްޑީއެމްޒެޑް އެންޖީ؛ އިނާމަކަށް 25،000ރ.

  • 2 ވަނަ - ފުވައްމުލައް ސިޓީ އޭކޭޒެޑް؛ އިނާމަކަށް 12،000ރ.

  • 3 ވަނަ - ލ. ފޮނަދޫ ޑީއެމްޒެޑް؛ އިނާމަކަށް 6،000ރ.

  • 4 ވަނަ - ޓީމް ބީ ކުޑަރިކިލު؛ އިނާމަކަށް 3،000ރ.

  • މޯސްޓް ވެލިއުބަލް ޕްލޭޔާ (އެމްވީޕީ) - މާނު، ފުވައްމުލަކު ސިޓީ އޭކޭޒެޑް؛ އިނާމަކަށް 4000ރ.

  • އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގް 2025 ކާމިޔާބުކުރި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/އުރީދޫ)

ބުނީ ކީކޭ؟ -  "އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގަކީ ދިވެހި ގޭމިން ކޮމިއުނިޓީއަށް ބާރުވެރިކަން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތުގައި ވަރަށް މުހިންމު ލަނޑުދަނޑިއެއް،" އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވި އެވެ.

"މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުރަތަމަ އޮންލައިން މުބާރާތުގައި 16 އަތޮޅެއްގެ ކުޅުންތެރިން އެ މީހަކު ތިބި ތަނަކުން ކުޅެ، އަމިއްލަ ރަށް ތަމްސީލު ކުރުމުގެ ފުރުސަތު ލިބިގެންދިޔަ މުބާރާތެއް."

އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގް 2025 ކާމިޔާބުކުރި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/އުރީދޫ)

އިތުރު އާޓިކަލް

އިތުރު އާޓިކަލް