ބީއެމްއެލް އިން ރ. ކިނޮޅަހުގައި އޭޓީއެމްގެ ހިދުމަތް ގާއިމްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްއިން މުޅި ރ. އަތޮޅުގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން ރ. ފައިނުގައި ސެލްފް-ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް އިއްޔެ ފަށައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފި އެވެ.
ތަފްސީލް - އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިސްބޭފުޅުންނަކީ:
-
ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް
-
ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބް
-
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް
"ރ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުމާ އެކު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ހިދުމަތެއް ގާއިމުކުރުމުގެ މުހިންމު ލަނޑުދަނޑިއެއް މި ވަނީ ހާސިލްވެފައި،" ޝަރީފް ވިދާޅުވި އެވެ.
"މިއީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އިން އޭޓީއެމްގެ ހިދުމަތް ގާއިމުކުރި 16 ވަނަ އަތޮޅު."
ގުޅުން ހުރި - ބީއެމްއެލް އިން އިއްޔެ ވަނީ ފައިނުގެ އިތުރުން ވާދޫ، ރަސްގެތީމު، އަނގޮޅިތީމު، ހުޅުދުއްފާރު، މާކުރަތު އިންނަމާދޫ އަދި ރަސްމާދޫގައި ވެސް އޭޓީއެމްގެ ހިދުމަތް ފަށާފަ އެވެ.
ބީއެމްއެލް ބޭންކިން ވިއުގަ
-
20 އަތޮޅުގައި 42 ބްރާންޗު
-
188 ސެލްފް ސާވިސް ބޭންކިން ސެންޓަރު
-
246 އޭޓީއެމް
-
އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް