ބީއެމްއެލްގެ ބްރާންޗެއްގެ ބިންގާ ރ. އަލިފުށީގައި އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްއިން އަލިފުށީގައި އާ ބްރާންޗެއްގެ ބިންގާ އަޅައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރ. އަލިފުށީގައި މިއަދު އާ ބްރާންޗެއްގެ ބިންގާ އަޅައިފި އެވެ.
ތަފްސީލް - މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންނެވި އިސްބޭފުޅުންގެ ތެރޭގައި:
-
ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް
-
ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބް
-
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް
-
ބީއެމްއެލްގެ އިސްބޭފުޅުން
"އަލިފުށީގައި އާ ބްރާންޗެއްގެ ބިންގާ އެޅިގެން ދިއުމަކީ ރ. އަތޮޅުގައި އަޅުގަނޑުމެންގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް،" ޝަރީފް ވިދާޅުވި އެވެ.
މި އާ ބްރާންޗުގެ މަސައްކަތް ކުރިއަށް އޮތް އަހަރުގެ ތެރޭގައި ނިންމާލެވޭނެ. މިއާ އެކު، މި ރަށުގެ ރައްޔިތުންނަށް މިހާރަށް ވުރެ ވެސް ގާތުން، ފަސޭހަކަމާ އެކު ބޭންކިންގެ ހިދުމަތް ލިބޭނެ."
މިހާރު ވެސް ބީއެމްއެލް އިން އަންނަނީ ރ. އުނގޫފާރާއި ދުވާފަރާއި މީދޫގައި ގާއިމުކޮށްފައިވާ އެ ބޭންކުގެ ބްރާންޗުތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.
ބީއެމްއެލްގެ ބޭންކިން ވިއުގަ
-
20 އަތޮޅުގައި 42 ބްރާންޗު
-
179 ސެލްފް ސާވިސް ބޭންކިން ސެންޓަރު
-
237 އޭޓީއެމް
-
އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް