ރައީސް މުއިއްޒު، ތ. ގާދިއްފުށީގައި އޭޓީއެމްގެ ހިދުމަތް މިއަދު ފައްޓަވައިދެއްވަނީ. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްގެ އޭޓީއެމް ހިދުމަތް މުޅި ތ.އަށް؛ 15 ވަނަ އަތޮޅު

ތ. ގާދިއްފުށީގައި އޭޓީއެމްގެ ހިދުމަތް މިއަދު ވަނީ ފަށާފައި
26 ސެޕްޓެމްބަރު 2025

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން ތ. ގާދިއްފުށީގައި އޭޓީއެމްގެ ހިދުމަތް މިއަދު ފަށައި މުޅި އެ އަތޮޅަށް އޭޓީއެމްގެ ހިދުމަތް ފުޅާކޮށްފި އެވެ.

ތަފްސީލް - މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންެނެވި އިސްބޭފުޅުންގެ ތެރޭގައި:

  • ރައީސް މުހައްމަދު މުއިއްޒު 

  • ވަޒީރުން 

  • ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބް 

  • ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް 

  • ބީއެމްއެލްގެ އިސްބޭފުޅުން

"ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމުކުރެވުމާ އެކު، 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން 15 އަތޮޅުގައި އޭޓީއެމް ހިދުމަތް މިވަނީ ގާއިމުކުރެވިފައި،" ޝަރީފް ވިދާޅުވި އެވެ.

"ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި އޭޓީއެމްތަކަކީ ބޭންކިން ނިޒާމުގައި ރައްޔިތުން ބައިވެރިކޮށްދޭ މުހިންމު ވަސީލަތެއް. އޭޓީއެމް ގާއިމްކުރުމުގެ އިތުރުން ޑިޖިޓަލް ބޭންކިން ހިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް އަޅުގަނޑުމެން މި ދަނީ ނުހަނު މުހިންމު މަސައްކަތްތަކެއް ކުރަމުން."

ބީއެމްއެލް ބޭންކިން ވިއުގަ

  • 20 އަތޮޅުގައި 42 ބްރާންޗު 

  • 179 ސެލްފް ސާވިސް ބޭންކިން ސެންޓަރު

  • 237 އޭޓީއެމް 

  • އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް

އިތުރު އާޓިކަލް

އިތުރު އާޓިކަލް