ތ. ވިލުފުށީގައި ބީއެމްއެލްގެ އާ ބްރާންޗެއްގެ ބިންގާ އަޅަނީ. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްއިން ތ. ވިލުފުށީގައި އާ ބްރާންޗެއް ގާއިމްކުރަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތ. ވިލުފުށީގައި އާ ބްރާންޗެއްގެ ބިންގާ އަޅައި މުޅި އަތޮޅަށް ދެމުން އަންނަ އެ ބޭންކުގެ ހިދުމަތްތައް ފުޅާކޮށްފި އެވެ.
ތަފްސީލް - މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންެނެވި އިސްބޭފުޅުންގެ ތެރޭގައި:
-
ރައީސް މުހައްމަދު މުއިއްޒު
-
ވަޒީރުން
-
ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބް
-
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް
-
ބީއެމްއެލްގެ އިސްބޭފުޅުން
މި ރަސްމިއްޔާތުގައި ބޭންކުން ހިންގާ 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން ވަނީ ވިލުފުށީގައި ސެލްފް ސާވިސް ބޭންކިންގެ އޭޓީއެމްގެ ހިދުމަތް ވެސް ފަށާފަ އެވެ.
ބުނީ ކީކޭ؟ - "މުޅި ރާއްޖެއަށް ބީއެމްއެލްގެ ހިދުމަތްތައް ފުޅާކޮށް، ބޭންކުގެ ހިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ވިލުފުށީގައި އާ ބްރާންޗެއްގެ ބިންގާ އެޅުމަކީ އަޅުގަނޑުމެނަށް ލިބޭ އުފަލެއް،" ޝަރީފް ވިދާޅުވި އެވެ.
"މި އާ ބްރާންޗާއި މިއަދު ގާއިމްކުރެވުނު އޭޓީއެމް ހިދުމަތާ އެކު ފުރިހަމަ ހިދުމަތެއް މި މުޖުތަމައަށް ގެނެސްދެވިގެންދާނެ."
ބީއެމްއެލްގެ ބޭންކިން ވިއުގަ
-
20 އަތޮޅުގައި 42 ބްރާންޗު
-
173 ސެލްފް ސާވިސް ބޭންކިން ސެންޓަރު
-
231 އޭޓީއެމް
-
އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް