ރައީސް މުއިއްޒު ތ. ބުރުނީގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވަނީ. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްއިން މުޅި ތ. އަތޮޅުގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން މިއަދު ތ. ބުރުނީގައި އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ. އެއާ އެކު، މި ހަފްތާ ތެރޭގައި ތ. އަތޮޅުގެ އިތުރު 8 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް އޭޓީއެމްގެ ހިދުމަތް ފުޅާކުރަން ވަނީ ތައްޔާރުވެފަ އެވެ.
ތަފްސީލް - އޭޓީއެމް ހިދުމަތް ތައާރަފްކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިސްބޭފުޅުންނަކީ:
-
ރައީސް މުހައްމަދު މުއިއްޒު
-
ވަޒީރުން
-
ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބް
-
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް
-
ބީއެމްއެލްގެ އިސްބޭފުޅުން
ބުނީ ކީކޭ؟ - "ބުރުނީގައި އަޅުގަނޑުމެން ކޮށްފައިވާ މި އިންވެސްޓްމެންޓުން ހާމަވެގެންދަނީ ރާއްޖޭގެ މުޖުތަމައުތަކަށް ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ހިދުމަތެއް ގާއިމުކުރުމަށް އަޅުގަނޑުމެން ދޭ އަހުމިއްޔަތުކަން،" ޝަރީފް ވިދާޅުވި އެވެ.
"ޒަމާނީ އޭޓީއެމްތައް ތައާރަފްކުރެވުމާ އެކު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ވެސް ފަސޭހަކަމާ އެކު ކޮންމެ ވަގުތަކު ވެސް، ރަށުގައި ތިބެގެން ބޭންކިން ހިދުމަތް ލިބޭނެ."
ބީއެމްއެލް ބޭންކިން ވިއުގަ
-
20 އަތޮޅުގައި 42 ބްރާންޗު
-
171 ސެލްފް ސާވިސް ބޭންކިން ސެންޓަރު
-
229 އޭޓީއެމް
-
އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް
ކޮމެންޓް (1)
ތެފައާސާ.