ރައީސް މުއިއްޒު، ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފުލިދޫގައި ފައްޓަވައިދެއްވަނީ. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ވ. ފުލިދޫ އާއި ތިނަދުއަށް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން ވ. ފުލިދޫ އާއި ތިނަދޫގައި އޭޓީއެމްގެ ހިދުމަތް އިއްޔެ ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - އޭޓީއެމް ހިދުމަތް ތައާރަފްކުރުމަށް އެ ދެ ރަށުގައި ބޭއްވި ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެންނެވި އިސްބޭފުޅުންނަކީ:
-
ރައީސް މުހައްމަދު މުއިއްޒު
-
ވަޒީރުން
-
ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބް
-
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް
-
ބީއެމްއެލްގެ އިސްބޭފުޅުން
ބުނީ ކީކޭ؟ - "[އިއްޔެ] ތައާރަފުކުރި ދެ އޭޓީއެމްއާ އެކު މިހާރު ވ. އަތޮޅުގެ ފުލިދޫ، ތިނަދޫ، ކެޔޮދޫގައި ސެލްފް ސާވިސް ބޭންކިން ހިދުމަތް ލިބެން ހުންނާނެ. އަދި ފެލިދޫގައި ގާއިމުކޮށްފައިވާ ބްރާންޗުން ވެސް ބޭންކިން ހިދުމަތް ލިބޭނެ،" ޝަރީފް ވިދާޅުވި އެވެ.
"[މިއަދު] ވ. ރަކީދޫގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވުމާ އެކު އަޅުގަނޑުމެން ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚހިދުމަތް ގާއިމުކޮށް، އަތޮޅުގެ ރައްޔިތުންނާ ވީހާ ވެސް ގާތުން އަސާސީ ބޭންކިން ހިދުމަތް ފޯރުކޮށްދިނުމުގެ ލަނޑުދަނޑި އަޅުގަނޑުމެންނަށް ހާސިލުކުރެވޭނެ."
ބީއެމްއެލްގެ ބޭންކިން ވިއުގަ
-
20 އަތޮޅުގައި 42 ބްރާންޗު
-
165 ސެލްފް ސާވިސް ބޭންކިން ސެންޓަރު
-
224 އޭޓީއެމް
-
އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް