ބީއެމްއެލް އިން ހިންގި ޕްރޮގްރާމްގެ ތެރެއިން. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްއިން ގދ. އަދި ގއ. ތައުލީމީ މަރުކަޒުގައި އައިސީޓީ ދާއިރާގެ މައުލޫމާތު ދީފި

މިއީ އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ ފާހަގަކުރުމަށް މި ޕްރޮގްރާމް ހިންގި ވިދިވިދިގެން ތިން ވަނަ އަހަރު
15 ސެޕްޓެމްބަރު 2025

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒާއި ތިނަދޫގައި ހުންނަ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ހިންގި އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ (އައިސީޓީ) ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ތަފްސީލް - ބީއެމްއެލްގެ ޓެކްނޮލޮޖީ ޑިވިޝަންގެ އަންހެން މުވައްޒަފުންގެ ޓީމަކުން ހިންގި މި ޕްރޮގްރާމްގައި:

  • އައިސީޓީ ދާއިރާގެ މައުލޫމާތާއި މި ދާއިރާގައި އަދާކުރެވޭ ވަޒީފާތަކާ ބެހޭ ގޮތުން މައުލޫމާތު ދިން 

  • ގްރޭޑް 6 އަދި 7 ގެ އަންހެން ދަރިވަރުންނަށް ހިންގި މި ޕްރޮގްރާމްގައި މި ދާއިރާ އިން ކެރިއާ ބިނާ ކުރާނެ ގޮތާއި މެންޓަޝިޕް ސެޝަނެއް ވެސް ބޭއްވި

މީގެ އިތުރުން، މި ޕްރޮގްރާމްގެ ބައެއްގެ ގޮތުން، ބީއެމްއެލް އިން ކޮންމެ ސްކޫލަކަށް ކޮމްޕިއުޓަރު ސިސްޓަމެއް ހަދިޔާ ކުރި އެވެ. 

ފާހަގަކޮށްލެވޭ - މިއީ އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ ފާހަގަކުރުމަށް މި ޕްރޮގްރާމް ހިންގި ވިދިވިދިގެން ތިން ވަނަ އަހަރެވެ. ކުރީ އަހަރުތަކުގައި މި ޕްރޮގްރާމް ބާއްވާފައިވަނީ އއ. މަހިބަދޫ، ފުވައްމުލައް އަދި އައްޑޫގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް