'ޕެންޑަމިކް އެންޑް އެޕިޑަމިކް އިންޝުއަރެންސް' ތައާރަފްކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/މަޓީ)
ރިސޯޓުތަކަށް 5 މިލިއަން ޑޮލަރުގެ އިންޝުއަރެންސް ޕްލޭނެއް ތައާރަފްކޮށްފި
ރާއްޖޭގައި ރިސޯޓުތައް ހިންގާ ފަރާތްތައް ތަމްސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ މެމްބަރުންނަށް، ބޮޑެތި ބަލިތަކާއި ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް 5 މިލިއަން ޑޮލަރުގެ އިންޝުއަރެންސް ލިބޭ ޕްލޭނެއް އިއްޔެ ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - 'ޕެންޑަމިކް އެންޑް އެޕިޑަމިކް އިންޝުއަރެންސް' ތައާރަފްކުރީ ޖެން ހޮޓަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މިއީ ޓްރަސްޓް އެޖް ރިސްކް ސޮލިއުޝަންސުން، މިއުނިކް ރީ އާއި އެންކުއިރިސް ރަގްނަލް އިންޝުއަރަންސް ބްރޯކިން އެންޑް ރިސްކް މެނޭޖްމަންޓް އަދި ރާއްޖޭގެ ސޮލަރެލް އިންޝުއަރަންސްއާ ގުޅިގެންދޭ އިންޝުއަރެންސެކެވެ.
ތަފްސީލް - މަޓީން ބުނި ގޮތުގައި، މި ޕްލޭނާ އެކު:
-
5 މިލިއަން ޑޮލަރުގެ ޕޮލިސީ ލިމިޓެއް ހިމެނޭ ޕެންޑަމިކް އެންޑް އެޕިޑަމިކް އިންޝުއަރެންސް މަޓީގެ މެމްބަރުންނަށް ލިބޭނެ
-
މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް، ކުރިމަގުގައި ދިމާވެދާނެ ހާލަތްތަކާ ކުރިމަތިލުމަށް އާ އީޖާދީ ހައްލުތަކެއް ފޯރުކޮށްދިނުމުގެ މުހިންމު ފިޔަވަޅެއް
-
މަޓީގެ މެމްބަރުންނަށް ލިބިދާނެ ގެއްލުމާއި ހިންގުމުގެ ހަރަދުތައް އިތުރުވުމުން ރައްކާތެރިވުމަށް އެކަށީގެންވާ އިންޝުއަރެންސް ކަވަރޭޖް ލިބޭނެ