ބީއެމްއެލް އާއި މޯޕާ އިން އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލް އާއި މޯޕާއިން ޕްލާސްޓިކް ރިސައިކަލްކުރުމުގެ މަޝްރޫއެއް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ މޯޕާގެ މެޓީރިއަލް ރިކަވަރީ ފެސިލިޓީގައި އިތުރު ފެސިލިޓީއެއް ހަދާނެ
10 ސެޕްޓެމްބަރު 2025

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް، ރިސައިކަލް ކުރުމުގެ މަސައްކަތްތައް ވަރުގަދަ ކުރަން ނިންމައިފި އެވެ.

ތަފްސީލް - މި އެސްބަސްވުމުގެ ދަށުން:

  • ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ މޯޕާގެ މެޓީރިއަލް ރިކަވަރީ ފެސިލިޓީގައި އިތުރު ފެސިލިޓީއެއް ހަދާނެ 

  • މި ތަނުގައި ޕެޓް ޕްލާސްޓިކް ގްރައިންޑަރުތައް ގާއިމުކުރުމަށް ފަހު، ޕްލާސްޓިކް ފުޅިތައް ގްރެނިއުލްސްއަށް ބަދަލުކޮށް، އިންޑިއާ އަދި މެލޭޝިއާގެ ރީސައިކްލިން ފެސިލިޓީތަކަށް ގެންދާނެ

ބީއެމްއެލް އާއި މޯޕާގެ އޮފިޝަލުން. (ފޮޓޯ/ބީއެމްއެލް)

ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން މޯޕާއާ ގުޅިގެން މަސައްކަތްކުރުމަށް ފުރުސަތު ލިބުމަކީ އެ ބޭންކަށް ލިބޭ އުފަލެކެވެ

"ރާއްޖޭގެ ޕްލާސްޓިކް ރީސައިކްލިންގެ ގާބިލުކަން އިތުރުކޮށް، ސަރަހައްދީ ފެސިލިޓީތަކަށް އެކްސްޕޯޓްކުރުމަށް މަގުފަހިކޮށްދީ، އަޅުގަނޑުމެން މި ދަނީ ރާއްޖޭގެ ދެމެހެއްޓެނިވި މުސްތަގްބަލެއް ގާއިމުކޮށް ތިމާވެއްޓަށް ފައިދާހުރި ބަދަލުތަކެއް ގެނެވޭނެކަން ދައްކައިދެމުން،" އޭނާ ވިދާޅުވި އެވެ.

މޯޕާ އިން ޕްލާސްޓިކް ފުޅި އެއްކުރަނީ. (ފޮޓޯ/ބީއެމްއެލް)

މޯޕާގެ ރައީސް އަހްމަދު މައުމޫން ވިދާޅުވި ގޮތުގައި، މި އެއްބަސްވުމަކީ އެ ޖަމިއްޔާއިން ގައުމީ ފެންވަރު ހިންގާ ރީސައިކްލިން މަސައްކަތްތަކަށް ލިބޭ ބޮޑު ކުރިއެރުމެކެވެ.

"މި އާ ފެސިލިޓީ ގާއިމުކުރުމުން، ގިނަ އަދަދެއްގެ ޕްލާސްޓިކް ބޭނުންތެރި ރޯމެޓީރިއަލްއަށް ބަދަލުކޮށްލެވޭނެ. މި އެހީތެރިކަމުގެ ސަބަބުން ކުނި މެނޭޖް ކުރުމަށް މުހިންމު މަސައްކަތްތަކެއް ފަށައި، ދެމެހެއްޓެނެވި ހަރުދަނާ ނިޒާމެއް ގާއިމްކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

މޯޕާ އިން ޕްލާސްޓިކް ފުޅި އެއްކުރަނީ. (ފޮޓޯ/ބީއެމްއެލް)

އީއެންވީ ޕީއޯއެސް ޕްރޮގްރާމް

  • ބީއެމްއެލް އީއެންވީ ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ބޭންކުން ވަކި އަދަދެއް ކަނޑައަޅައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މަސައްކަތަށް ހޭދަކުރާނެ 

  • މި ޕްރޮގްރާމަށް ކަސްޓަމަރުން ވެސް އަދި ވިޔަފާރިތަކުން ވެސް އެއްވެސް އިތުރު ހަރަދެއް ކުރާކަށް ނުޖެހޭނެ 

  • އީއެންވީ ޕޮސް މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ މުއާމަލާތަކުން ކަސްޓަމަރުންނަށް ސީދާ ގޮތުން ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ކަނޑުފަރުގެ ދިރުންތައް އަންނަން އޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާ އެކު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ، އެހީތެރިވެދެވޭނެ

މި ޕްރޮގްރާމްގެ ދަށުން، ޕާލޭގެ އެއާ ސްޓްރެޓެޖީއަށް އެހީތެރިވެދީ، ޕާލޭ މޯލްޑިވްސްއިން ޖަރުމަނަށާއި ޓައިވާނާއި މެލޭޝިއާއަށް ޕްލާސްޓިކް އެކްސްޕޯޓްކުރުމުގެ މަސައްކަތަށް ވެސް ބީއެމްއެލް އިން ވަނީ އެހީތެރިވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް