އޭޝިއާ ކަޕުގެ މެޗެއްގެ ތެރެއިން.

ދިރާގު

ދިރާގާއި މީޑިއާނެޓް ގުޅިގެން އޭޝިއާ ކަޕަށް ހާއްސަ އޮފާއެއް

ދިރާގު ކަސްޓަމަރުންނަށް 50ރ.އަށް މީޑިއާނެޓް ޓީވީއަށް ސަބްސްކްރައިބް ކުރެވޭނެ
10 ސެޕްޓެމްބަރު 2025

ދިރާގާއި މީޑިއާނެޓް ގުޅިގެން ދިރާގު ކަސްޓަމަރުންނަށް، އިއްޔެ ފެށި އޭޝިއާ ކަޕް 2025 ބަލާލުމަށް ހާއްސަ އޮފާއެއް ތައާރަފްކޮށްފި އެވެ.

ތަފްސީލް - މި ހާއްސަ އޮފާގެ ދަށުން:

  • ދިރާގު ކަސްޓަމަރުންނަށް 50ރ.އަށް މީޑިއާނެޓް ޓީވީއަށް ސަބްސްކްރައިބް ކުރެވޭނެ 

  • މި ރީޖަންގެ އެންމެ ފޯރިގަދަ ކްރިކެޓް މުބާރާތުގެ މެޗުތައް ސޮނީ ސްޕޯޓްސް ޓެން 1، 2 އަދި 5 ޗެނަލްތަކުން ވަގުތުން ބަލައިލުމުގެ ފުރުސަތު ލިބޭނެ

ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި ހާއްސަ އޮފާ ދިރާގުއެޕް އަދި މައިއެކައުންޓް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެ އެވެ.

ފާހަގަކޮށްލެވޭ - އޭޝިއާގެ އެންމެ މަގުބޫލު އެއް މުބާރާތުގައި ކްރިކެޓްގެ އެންމެ ވަރުގަދަ ޓީމުތައް ފެނިގެންދާނެ އެވެ. މީގެ ތެރޭގައި އިންޑިއާ، ޕާކިސްތާން، ލަންކާ، ބަންގްލަދޭޝް، އަފްގާނިސްތާން އަދި ނޭޕާލް ހިމެނެ އެވެ.

މި މުބާރާތް ކުރިއަށްދާނީ މި މަހު 28ގެ ނިޔަލަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް