އޮސްޓްރޭލިއަން އޯޕަން އޮންނާނީ މެލްބަންގައި.
ބީއެމްއެލް މާސްޓަކާޑުން އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި
އޮސްޓްރޭލިއާގެ މެލްބަންގައި އަންނަ ޖެނުއަރީ މަހު ފަށާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލް ބަލާލަން ދަތުރެއް ކާމިޔާބުކުރުމުގެ ފުރުސަތު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ މާސްޓަކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް އެ ބޭންކުން މިއަދު ހުޅުވާލައިފި އެވެ.
ތަފްސީލް - އަންނަ 31 އޮކްޓޯބަރުގެ ނިޔަލަށް، ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުގައި ބީއެމްއެލް އިން ދޫކޮށްފައިވާ މާސްޓަކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުން ގުރުއަތުގައި ބައިވެރިކުރާނެ އެވެ.
ގުރުއަތުން ހޮވޭ މީހަކަށް އިތުރު އެކަކާ އެކު ހަތަރު ދުވަހުގެ ދަތުރެއް ލިބޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ދެ މީހުންގެ ދަތުރު ޓިކެޓް
-
ހުރުމާއި ކެއުން
-
ފައިނަލް މެޗުތަކުގެ ޓިކެޓް
ފާހަގަކޮށްލެވޭ - މިއީ ކަސްޓަމަރުންނަށް ބައިނަލްއަގްވާމީ މިފަދަ ތަޖުރިބާތައް ހޯދައިދިނުމުގެ ގޮތުން ބީއެމްއެލް އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ތައާރަފްކުރި ޕްރޮމޯޝަނެއްކަން އެ ބޭންކުން ފާހަގަކުރި އެވެ.