އުރީދޫން މިދިޔަ މަހު ކ. ހުރާގައި ކުރިއަށްގެންދިޔަ މަސްރޭހުގެ ތެރެއިން. (ފޮޓޯ/އުރީދޫ)
އުރީދޫގެ ފުރަތަމަ ޑިޖިޓަލް މަސްރޭސް: ހާއްސަ އިނާމުތަކެއް
އުރީދޫން މުޅިން އަލަށް އުރީދޫ އެޕް މެދުވެރިކޮށް މަސްރޭސް ޑިޖިޓަލް ގޭމް ތައާރަފްކޮށް، ރާއްޖޭގެ މަސްވެރިކަމަށް ލޯބިކުރާ ފަރާތްތަކަށް މުބާރާތުގައި އިތުރު ގޮތަކަށް ބައިވެރިވެވޭނެ މަގުފަހިކޮށްދީފި އެވެ.
ވީ ކިހިނެއް؟ - މި އަހަރުގެ އުރީދޫ މަސްރޭހާ އެކު ތައާރަފްކުރި އޮންލައިން ގޭމް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުޅެވޭނެ އެވެ.
ތަފްސީލް - އުރީދޫ މަސްރޭހުގައި ވާދަކުރާ ޓީމުތަކުގެ ނަންތައް ހިމަނާފައިވާ މަސްރޭހުގެ އޮންލައިން ވާޝަނާ އެކު ކޮންމެ ފަރާތަކަށް ވެސް ޓީމެއް އިހްތިޔާރުކޮށް، މަސް ހިފުމަށް ޓެޕްކޮށް، ޕޮއިންޓް އެއްކޮށްގެން ލީޑަބޯޑުގައި ކުރިއަށް ދިއުމުގެ ފުރުސަތު ލިބޭނެ އެވެ.
އޮންލައިން ގޭމުން ބާނާ ކޮންމެ މަހަކަށް އެއް ޕޮއިންޓް ލިބޭއިރު، މުބާރާތުގެ މުއްދަތުގެ ތެރޭގައި ކުޅުންތެރިންނަށް ލީޑަބޯޑުގެ ކުރިއަށް އެރުމުގެ ފުރުސަތު އޮންނާނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ފިޝިން ޓެކްލް ފިހާރަ، ހައި ފިޝިން ޓެކްލްސްގެ ފަރާތުން މި ގޭމުގެ އެއްވަނަ، ދެވަނަ އަދި ތިންވަނައަށްދާ މީހުންނަށް ވަނީ އިނާމު ހުށަހަޅާފަ އެވެ. އެގޮތުން:
-
• 1 ވަނަ - ޑައިވާ ސަލްޓިގާ 2025 ރީލް
-
• 2 ވަނަ އަދި 3 ވަނަ - ޕީއައިއޯ އަލްޓިމޭޓް ސީ ސްޕިރިޓް/ގޭންގްސްޓާ (އެޗް/ޑީ) ރޮޑް
"އުރީދޫ އެޕް މެދުވެރިކޮށް ޑިޖިޓަލް މަސްރޭހުގައި ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް، ހުރިހާ އެންމެންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ އަޅުގަނޑުމެންގެ ސަގާފަތާއި އާދަކާދަތަކާއި މަސްވެރިކަމަށް އޮތް ޝައުގުވެރިކަން ޑިޖިޓަލް ތަޖުރިބާއެއްގެ ސިފައިގައި ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމެއް،" އުރީދޫގެ އޮފިޝަލަކު ވިދާޅުވި އެވެ.
ހައި ފިޝިން ޓެކަލްސް
-
ރާއްޖޭގައި މަސްވެރިކަމުގެ އާލާތްތައް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި
-
ޑައިވާ، ޕެން، އަބޫ ގާސިއާ، ޔޯ-ޒޫރީ، ޒެނަކް، ޖިގިން މާސްޓާ، އޮކުމާ އަދި ޕަޔޯނިއާ ފަދަ ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ފެންވަރު ރަނގަޅު ގިޔަރުތައް ފޯރުކޮށްދޭ
-
ހައި ފިޝިންގެ ޕްރައިވެޓް ލޭބަލް، 'ރަންކަރު'ކީ ދިވެހި މަސްވެރިންގެ މެދުގައި އިތުބާރު ކުރެވޭ ބްރޭންޑެއް