ރައީސް މުހައްމަދު މުއިއްޒު ހދ. އަތޮޅުގެ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވަނީ. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްއިން މުޅި ހދ. އަތޮޅަށް އޭޓީއެމްގެ ހިދުމަތް؛ 9 ވަނަ އަތޮޅު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހދ. ކުމުންދޫ އަދި ކުރިނބީގައި އޭޓީއެމްގެ ހިދުމަތް މިއަދު ފަށައި 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލްކޮށްފި އެވެ.
ވީ ކިހިނެއް؟ - އޭޓީއެމް ހިދުމަތް ކުމުންދޫ އަދި ކުރިނބީގައި ތައާރަފްކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިސް ބޭފުޅުންގެ ތެރޭގައި:
-
ރައީސް މުހައްމަދު މުއިއްޒު
-
ވަޒީރުން
-
ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބް
-
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް
-
ބީއެމްއެލްގެ އިސްބޭފުޅުން
ބުނީ ކީކޭ؟ - "ހދ. ކުމުންދޫގައި އޭޓީއެމް ހިދުމަތް ފެށުމާ އެކު، މިހާރު ރާއްޖޭގެ 9 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަޅުގަނޑުމެންގެ އޭޓީއެމް ހިދުމަތް މި ވަނީ ގާއިމްކުރެވިފައި. މިއީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" ޝަރީފް ވިދާޅުވި އެވެ.
"ކޮންމެ އޭޓީއެމްއަކާ އެކު އަޅުގަނޑުމެން މިދަނީ މުޖުތަމައުތަކާ ވީހާ ވެސް ގާތުން ބޭންކިން ހިދުމަތްތައް ދެމުން. އަޅުގަނޑުމެންގެ މަގްސަދަކީ ކޮންމެ ފަރުދަކަށް ވެސް އަދި ކޮންމެ މުޖުތަމައަކަށް ވެސް މާލީ ހިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ މަގުފަހިކޮށްދިނުން."
ބީއެމްއެލްގެ ބޭންކިން ވިއުގަ
-
20 އަތޮޅުގައި 42 ބްރާންޗު
-
156 ސެލްފް ސާވިސް ބޭންކިން ސެންޓަރު
-
215 އޭޓީއެމް
-
އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް