ރައީސް މުއިއްޒު، ހދ. ނޮޅިވަރަންފަރުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިދެއްވަނީ. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްއިން ނޮޅިވަރަންފަރުގައި ބްރާންޗެއް ހުޅުވައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހދ. ނޮޅިވަރަންފަރުގައި މިއަދު އާ ބްރާންޗެއް ހުޅުވައިފި އެވެ.
ތަފްސީލް - މި ބްރާންޗުގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.
ބްރާންޗު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަކީ:
-
ރައީސް މުހައްމަދު މުއިއްޒު
-
ވަޒީރުން
-
ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބް
-
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް
-
ބީއެމްއެލްގެ އިސްބޭފުޅުން
ބުނީ ކީކޭ؟ - "ބޭންކުގެ އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުން އިސްލާމިކް ބޭންކިން ހިދުމަތްތަކަށް އިސްކަންދީގެން އާންމު ފަރުދުންނާއި ވިޔަފާރިތަކުން ބޭނުންވާ ފަދަ ހިދުމަތް ދޭނެ ބްރާންޗެއް މިއަދު ނޮޅިވަރަންފަރުގައި ހުޅުވިގެން ދިއުމަކީ އަޅުގަނޑުމެނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ޝަރީފް ވިދާޅުވި އެވެ.
"ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ބޭންކިން ހިދުމަތަށް ފަސޭހައިން ވާސިލުވެވޭނެ އިންތިޒާމުތައް ހަމަޖައްސައިދީ، އަޅުގަނޑުމެން މި ދަނީ މުޖުތަމައުތަކަށް ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުން ގެންނަމުން."
ބީއެމްއެލް ބޭންކިން ވިއުގަ
-
20 އަތޮޅުގައި 42 ބްރާންޗު
-
151 ސެލްފް ސާވިސް ބޭންކިން ސެންޓަރު
-
209 އޭޓީއެމް
-
އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް