ރައީސް މުއިއްޒު، ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ހދ. ނާވައިދޫގައި ފައްޓަވައިދެއްވަނީ. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްއިން ހދ.ގެ އިތުރު 4 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފި

ބީއެމްއެލް އިން ވަނީ ހަނިމާދޫ، ނާވައިދޫ، ނެއްލައިދޫ އަދި ނޮޅިވަރަމްގައި އޭޓީއެމްގެ ހިދުމަތް ތައާރަފްކޮށްފައި
26 އޯގަސްޓު 2025

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން ހދ. އަތޮޅުގެ އިތުރު ހަތަރު ރަށެއްގައި އޭޓީއެމްގެ ހިދުމަތް އިއްޔެ ގާއިމުކޮށްފި އެވެ.

ތަފްސީލް - މި ހިދުމަތް ފެށި ހަތަރު ރަށަކީ:

  • ހަނިމާދޫ 

  • ނާވައިދޫ 

  • ނެއްލައިދޫ

  • ނޮޅިވަރަމް

އެ ހިދުމަތް ތައާރަފްކުރަން ބޭއްވި ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަކީ:

  • ރައީސް މުހައްމަދު މުއިއްޒު 

  • ވަޒީރުން 

  • ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބު 

  • ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް 

  • ބީއެމްއެލްގެ އިސްބޭފުޅުން

ބުނީ ކީކޭ؟ - "ރައްޔިތުން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމުގައި އޭޓީއެމްތަކުން މުހިންމު ދައުރެއް އަދާކުރޭ. ކަސްޓަމަރުން ދިރިއުޅޭ ކޮންމެ ތަނެއްގައި ވެސް ފަސޭހައިން ޚިދުމަތް ލިބޭނެ ވަސީލަތްތައް ގާއިމުކުރަމުން ދިއުމަކީ ހަމައެކަނި ބޭންކަށް ލިބޭ ފަހުރެއް ނޫން. މިއީ މި މުޖުތަމައުތަކަށް ވެސް ލިބޭ އުފަލެއް،" ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލްގެ ބޭންކިން ވިއުގަ

  • 20 އަތޮޅުގައި 41 ބްރާންޗު 

  • 150 ސެލްފް ސާވިސް ބޭންކިން ސެންޓަރު

  • 208 އޭޓީއެމް 

  • އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް

އިތުރު އާޓިކަލް

އިތުރު އާޓިކަލް