'އިންޓޯލަށް ލެކްނޯ ބެކް ޓު ސްކޫލް'ގެ ޕޯސްޓަރެއް.

އެމްޔޫ ސްޓޯރު

އިންޓޯލަށް މިފަހަރު ވެސް ލެކްނޯ؛ ވަރަށް ސަޅި ޕްރޮމޯޝަނެއް

މި ޑްރޯގައި 50 ނަސީބުވެރިއަކަށް 1،000ރ.ގެ ގިފްޓް ވައުޗަރެއް ލިބޭނެ
20 އޯގަސްޓު 2025

ސްކޫލް މޫސުން އަނެއްކާވެސް މި ވަނީ ފެށިފަ އެވެ. ސްކޫލަށް ދާއިރު އިންޓޯލަށް ކުދިން ގެންދާ ބުއިންތައް ބެލެނިވެރިންނަށް ފަސޭހައީ އަބަދު ވެސް ގަނޑުކޮށް ގަނެފައި ބަހައްޓާށެވެ. އެހެންކަމުން، މިގޮތަށް ގިނައިން ގަންނަ ފަރާތްތަކަށް މިއޮތީ އެމްޔޫ ސްޓޯރުން ރަނުގެ ފުރުސަތެކެވެ.

ގިނަ ކުދިންގެ ފޭވަރިޓް ލެކްނޯގެ ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފަ އެވެ. 'އިންޓޯލަށް ލެކްނޯ ބެކް ޓު ސްކޫލް'ގެ ނަމުގައި ކުރިއަށް ގެންދާ މި ކެމްޕޭނާ އެކު، ބެލެނިވެރިންނަށް އެ ފަރާތްތަކުގެ ކުދިންނަށް އެންމެ މީރު ލެކްނޯގެ އެކި ފްލޭވާތައް ގަނެލެވޭނެ އެވެ. އަދި އޮންލައިން ޕޯޓަލް މެދުވެރިކޮށް ލެކްނޯ ޕެކެޓް ގަންނައިރު ހާއްސަ ޑިސްކައުންޓުތައް ވެސް ލިބޭނެ އެވެ.

ކަސްޓަމަރުންނަށް ލެކްނޯގެ 180 މިލިލީޓަރުގެ ކިރު ނުވަތަ ޖޫސް ޕެކެޓް އަދި 125 މިލިލީޓަރުގެ ޖޫސް ޕެކެޓް ކޭސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ގަނެވޭނެއެވެ. އަދި އެއް ކޭހެއްގެ ތެރޭގައި ކުދިންނަށް އެންމެ މީރު ރަހަތަކުގެ ޕެކެޓްތައް މިކްސްކޮށް މެޗްކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

މިކަމުގެ ސަބަބުން ކުދިންނަށް ކަމުދާ ކޮންމެ ފްލޭވައަކުން ކޭހެއް ނުގަނެ، އެކި ފްލޭވާތައް އެއް ކޭހަކުން ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

އިތުރު ފަސޭހައެއްގެ ގޮތުން، މާލެ، ހުޅުމާލެ އަދި އުޅަނދުފަހަރަށް ވެސް ހިލޭ ޑެލިވަރީގެ ހިދުމަތް އެމްޔޫ ސްޓޯރުން ފޯރުކޮށްދޭނެ އެވެ. އެހެންކަމުން، ހޫނު ގަދަ ގަޑީގައި ބާޒާރަށް ނުނުކުމެ ގޭގައި ތިއްބާ އޯޑަރު ލިބިގެންދާނެ އެވެ.

'އިންޓޯލަށް ލެކްނޯ ބެކް ޓު ސްކޫލް'ގެ ޕޯސްޓަރެއް.

މި ނިމުނީއެއް ނޫނެވެ. ކޮންމެ އޯޑަރަކާ އެކު ހިލޭ ސްޓޭޓޭޝަނަރީ ޕެކެއް ވެސް ހިމެނޭނެ އެވެ. މިއީ އާ ޓާމަށް ކުދިން ތައްޔާރުވުމަށް އެހީތެރިވެދޭނެ އަދި ބޭނުންތެރި އެއްޗަކަށް ވާނެ އެވެ.

މީގެ އިތުރުން، ގަންނަ ކޮންމެ ކޭހަކާ އެކު ހާއްސަ ލަކީ ޑްރޯއެއްގައި ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. މި ޑްރޯގައި 50 ނަސީބުވެރިއަކަށް 1،000ރ.ގެ ގިފްޓް ވައުޗަރެއް ލިބޭނެ އެވެ. މިއީ މި ސްކޫލް މޫސުން ލެކްނޯއާ އެކު ފާހަގަކުރަންވީ އިތުރު ސަބަބެކެވެ.

މި ފުރުސަތު ގެއްލުވާ ނުލާށެވެ. ތިބޭފުޅުންގެ ކުދިންނަށް އެންމެ މީރު ލެކްނޯ ކިރު ނުވަތަ ޖޫސް ޕެކެޓް ގަނެ، ލަކީ ޑްރޯގައި ބައިވެރިވުމަށް މިހާރު ވެސް އޮންލައިންކޮށް އޯޑަރުކުރާށެވެ. ލެކްނޯއާ އެކު، މިފަހަރު ވެސް ސިއްހަތަށް ފައިދާހުރި ކިޔެވުމަށް ރަނގަޅު ދުވަސްތަކެއް ކުދިންނަށް ފަހިކޮށްދެމާތޯ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް