ބީއެމްއެލް އިން ތޮއްޑޫގައި ބެހެއްޓި ޑޮލަރު އޭޓީއެމްގެ ހިދުމަތް ރައީސް މުއިއްޒު ފައްޓަވައިދެއްވަނީ. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްއިން ތޮއްޑޫގައި ޑޮލަރު އޭޓީއެމް ހިދުމަތް ދޭން ފަށައިފި

ބީއެމްއެލް އިން ވަނީ ތޮއްޑޫގައި އަޅާ އާ ބްރާންޗުގެ ބިންގާ ވެސް މިއަދު އަޅާފައި
20 އޯގަސްޓު 2025

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އއ. ތޮއްޑޫގައި ދެމުން އަންނަ ހިދުމަތް އިތުރަށް ފުޅާކުރުމަށް ޑޮލަރު އޭޓީއެމްއެއް ބަހައްޓައި އާ ބްރާންޗުގެ ބިންގާ މިއަދު އަޅައިފި އެވެ.

ވީ ކިހިނެއް؟ - މި ހިދުމަތް ތައާރަފްކުރުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ:

  • ރައީސް މުހައްމަދު މުއިއްޒު 

  • ވަޒީރުން 

  • ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބް 

  • ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް 

  • ބީއެމްއެލްގެ ބޯޑު ޑިރެކްޓަރުންނާއި އިސް ބޭފުޅުން

ބުނީ ކީކޭ؟ - "ތޮއްޑޫގައި އެންމެ ފުރަތަމަ ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފެށީ މީގެ 5 އަހަރު ކުރިން. މިއަދު މިރަށުގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފެށިގެންދާއިރު، މި ރަށުގެ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު އެހެން ރަށަކަށް ދަތުރު ނުކޮށް މިހާރު ލިބޭނެ،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.

"މި ރަށުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ބްރާންޗުގެ މަސައްކަތް ވެސް އަންނަ އަހަރު ތެރޭ ނިމޭނެ. މިއާ އެކު، ބޭންކިން ހިދުމަތް މިރަށުގެ ރައްޔިތުންނަށް އިތުރު ފަސޭހަކަމާ އެކު ފޯރުކޮށްދެވިގެންދާނެ."

ބީއެމްއެލް އިން ތޮއްޑޫގައި އަޅާ ބްރާންޗުގެ ބިންގާ މިއަދު އަޅަނީ. (ފޮޓޯ/ބީއެމްއެލް)

އެނގުން މުހިންމު - ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ތޮއްޑޫގައި ބެހެއްޓި ޑޮލަރު އޭޓީއެމްގެ އިތުރުން ބީއެމްއެލް އިން ޑޮލަރު އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދެނީ: 

  • މާލެ 

  • އައްޑޫ

  • ހުޅުމާލެ 

  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް 

  • ހދ. ކުޅުދުއްފުށި 

  • ކ. މާފުށި

ބީއެމްއެލްގެ ބޭންކިން ވިއުގަ

  • 20 އަތޮޅުގައި 41 ބްރާންޗު 

  • 144 ސެލްފް ސާވިސް ބޭންކިން ސެންޓަރު 

  • 201 އޭޓީއެމް 

  • އޭޖެންޓު ބޭންކިންގެ ހިދުމަތް 

  • އެންމެ ޒަމާނީ އޮންލައިން ބޭންކިން

އިތުރު އާޓިކަލް

އިތުރު އާޓިކަލް