ހިލޭ ދޭ މި އެކްސްކްލޫސިވް ބަންޑަލް މެދުވެރިކޮށް ކަސްޓަމަރުންގެ ގޭގައި ހުންނަ ތަކެތި ސުޕަނެޓް އިންސްޓޯލްކުރާ ތަނެއްގައި އިންޝުއާކޮށްދޭނެ.

އުރީދޫ

އުރީދޫ އިންޓަނެޓަށް ހިލޭ ހޯމް އެސެޓް އިންޝުއަރަންސް ދެނީ

މި މަހު އަލަށް ސުޕަނެޓު ނަގާ ފަރާތްތަކުން ސުޕަނެޓު އެކްޓިވޭޓް ކުރުމުން މި އޮފާ ނެގޭނެ؛ މިއީ ހިލޭ ދޭ އެކްސްކްލޫސިވް ބަންޑަލްއެއް
4 އޯގަސްޓު 2025

އުރީދޫ އާއި އަމާނާ ތަކާފުލް އިންޝުއަރެންސް ގުޅިގެން އުރީދޫ ކަސްޓަމަރުންނަށް ހާއްސަ ހޯމް އެސެޓް އިންޝުއަރަންސް ޕެކޭޖެއް އިއްޔެ ތައާރަފުކޮށްފި އެވެ.

ވީ ކިހިނެއް؟ - ހިލޭ ދޭ މި އެކްސްކްލޫސިވް ބަންޑަލް މެދުވެރިކޮށް ކަސްޓަމަރުންގެ ގޭގައި ހުންނަ ތަކެތި ސުޕަނެޓް އިންސްޓޯލްކުރާ ތަނެއްގައި އިންޝުއާކޮށްދޭނެ އެވެ.

ތަފްސީލް - ހޯމް އެސެޓް އިންޝުއަރަންސުން ކަވަރޭޖް ފޯރުކޮށްދޭނީ:

  • ފަރުނީޗަރާއި ފިޓިންސް

  • އިލެކްޓްރޯނިކް ސާމާނު

  • ފޭރާމާއި އަމިއްލަ ސާމާނު

  • ކުޅިވަރު ސާމާނު

  • ޕެޓްސްއާ ގުޅުންހުރި ތަކެތި

މި މަހު އަލަށް ސުޕަނެޓު ނަގާ ފަރާތްތަކުން ސުޕަނެޓު އެކްޓިވޭޓް ކުރުމުން މި އޮފާ ނެގޭނެ އެވެ. ސުޕަނެޓު އެކްޓިވޭޓް ކުރުމަށް ފަހު ކަސްޓަމަރުންނަށް މި ހިދުމަތަށް އެދެވޭނެ އެވެ.

ބުނީ ކީކޭ؟ - "އުރީދޫ މޯލްޑިވްސްގައި، އަޅުގަނޑުމެންގެ އަމާޒަކީ ހަމައެކަނި ހަލުވި ސްޕީޑްގެ އިންޓަނެޓް ފޯރުކޮށްދިނުމެއް ނޫން. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މާނަހުރި އަދި އަމަލީ ހައްލުތަކެއް ފޯރުކޮށްދީ، ދިރިއުޅުން ކުރިއެރުވުމަށް މަސައްކަތްކުރުން. އަމާނާ ތަކާފުލް އިންޝުއަރެންސްއާ ގުޅިގެން ސުޕަނެޓާ އެކު މި ފޯރުކޮށްދެވޭ ހޯމް އިންޝުއަރަންސާ އެކު ގެ އާއި މުދާ ހިމާޔަތްކުރެވިފައިވާ ކަމުގެ ހިތުގެ ހަމަޖެހުން ލިބޭނެ،" އުރީދޫން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް