ދިރާގުން މާލޭގައި ބޭއްވި ސްޓްރީޓް އެގްޒިބިޝަން. (ފޮޓޯ/ދިރާގު)
ދިރާގުން މިނިވަން ދުވަހަށް ބޭއްވި މައުރަޒުތަކަށް ބޮޑު ތަރުހީބެއް
ދިރާގުން ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްޓްރީޓް އެގްޒިބިޝަންތަކެއް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފި އެވެ.
ވީ ކިހިނެއް؟ - މި މަހު 27 އިން 28އަށް މާލޭގައި މި ސްޓްރީޓް އެގްޒިބިޝަން ކުރިއަށް ގެންގޮސްފައި ވާއިރު، މި މަހު 26 އިން 27އަށް މި މައުރަޒު ބޭއްވީ:
-
ހުޅުމާލެ
-
ފުވައްމުލައް
-
ހދ. ކުޅުދުއްފުށި
-
ލ. ގަން
-
ގދ. ތިނަދޫ
-
އައްޑޫ ހިތަދޫ
-
އދ. ދަނގެތި
-
ބ. އޭދަފުށި
From our Independence Day Street Exhibition at L. Gan 🇲🇻🧡
— Dhiraagu (@Dhiraagu) July 27, 2025
Proudly brought to life by our amazing team with true #Minivan60 spirit!#Minivan60 #MinivankanMatheeAbadhah pic.twitter.com/XJpK3AUMpG
ތަފްސީލް - މި އެގްޒިބިޝަންގައި ދިވެހި ސަގާފަތާއި އާދަކާދަތައް ދައްކުވައިދޭ ގައުމިއްޔަތު ރަމްޒުކޮށްދޭ ކުރެހުންތައް ވަނީ ހިމަނާފަ އެވެ.
From our Independence Day Street Exhibition at S. Hithadhoo 🇲🇻🧡
— Dhiraagu (@Dhiraagu) July 27, 2025
Proudly brought to life by our amazing team with true #Minivan60 spirit!#Minivan60 #MinivankanMatheeAbadhah pic.twitter.com/0H9uFVzBm4
މިއީ، ދިރާގުން ބުނި ގޮތުގައި، އެ ކުންފުނިން މި އަހަރަށް ތައްޔާރުކުރި ކަލަންޑަރު، 'މިނިވަންކަން މަތީ އަބަދަށް'ގެ މައްޗަށް ބިނާކޮށް ކުރިއަށްގެންގޮސްފައިވާ އެގްޒިބިޝަންތަކެކެވެ. މި ކަލަންޑަރަކީ، އެ ކުންފުނިން ބުނި ގޮތުގައި، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި އެކުލަވާލާފައިވާ ކަލަންޑަރެކެވެ.
From our Independence Day Street Exhibition at Gn. Fuvahmulah 🇲🇻🧡
— Dhiraagu (@Dhiraagu) July 27, 2025
Proudly brought to life by our amazing team with true #Minivan60 spirit!#Minivan60 #MinivankanMatheeAbadhah pic.twitter.com/lEupmXyCTs
ބުނީ ކީކޭ؟ - "މި ތާރީހީ މުނާސަބަތުގައި ރާއްޖޭގެ މުއްސަނދި ސަގާފަތާއި އާދަކާދަތައް ދައްކުވައިދޭ މި ސްޓްރީޓް އެގްޒިބިޝަން މެދުވެރިކޮށް މުޖުތަމައު އެއްތަނަކަށް ގެނެސް، ރާއްޖޭގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކޮށް، އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް،" ދިރާގުގެ މެނޭޖަރު ބްރޭންޑް އެންޑް އިވެންޓްސް ނާޔާ ޝަރީފް ވިދާޅުވި އެވެ.