މިދިޔަ އަހަރު ބޭއްވި ދުވުމުގެ ތެރެއިން. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލް ކުޑަކުދިންގެ ދުވުމަށް 10 އަހަރު؛ މި އަހަރު 12 ސެޕްޓެމްބަރުގައި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން އިންތިޒާމުކުރަމުން އަންނަ 'ބީއެމްއެލް ވާއު ކިޑްސް ރަން' އަންނަ 12 ސެޕްޓެމްބަރުގައި ބާއްވަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - 12 ސެޕްޓެމްބަރުގެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ މި ދުވުމުގައި ބައިވެރިވާން ވަނީ ހުޅުވާލާފަ އެވެ.
މި ދުވުމުގައި ބައިވެރިވުމަށް:
ތަފްސީލް - މި އަހަރުގެ ދުވުމުގައި:
-
2 އަހަރާއި 3 އަހަރުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާ އެކު ދުވާނީ 1 ކިލޯމީޓަރަށް
-
4 އަހަރާއި 6 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާ އެކު ދުވާނީ 2 ކިލޯމީޓަރަށް
-
7 އަހަރާއި 9 އަހަރާ ދެމެދުގެ އުމުރުފުރާއަށް 3 ކިލޯމީޓަރު ހަމަޖައްސާފައިވާއިރު، ބޭނުން ނަމަ ބެލެނިވެރިއަކާ އެކު ވެސް ދުވެވޭނެ
-
8 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިން ދުވާނީ ވެސް ބެލެނިވެރިންނާ އެކު
-
10 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް 4 ކިލޯމީޓަރު ދުވުމުގެ ފުރުސަތު ލިބޭނެ؛ 10 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގެ ދުވުން ކުރިއަށް ދާނީ ޓައިމްކޮށްގެން
'ބީއެމްއެލް ވާއު ކިޑްސް ރަން'އަކީ މަޖާ ހަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެ ސްޓޭޝަންތަކާ އެކު ބާއްވާ ދުވުމެކެވެ.