ބީއެމްއެލް ބްރާންޗު ދުވާފަރުގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްގެ 40 ވަނަ ބްރާންޗު ދުވާފަރުގައި ހުޅުވައިފި

ދުވާފަރުގައި ހުޅުވި އާ ބްރާންޗުން ހިދުމަތް ދޭނީ 'އިސްލާމިކް ފައިނޭންސް ފަސްޓް' ސިޔާސަތުގެ ދަށުން އިސްލާމިކް ބޭންކިން ހިދުމަތްތަކަށް އިސްކަންދީގެން
19 ޖުލައި 2025

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރ. ދުވާފަރުގައި އެ ބޭންކުގެ 40 ވަނަ ބްރާންޗު މިއަދު ހުޅުވައި އެ ބޭންކުގެ ހިދުމަތް އިތުރަށް ފުޅާކޮށްފި އެވެ.

ތަފްސީލް - މިއަދު ދުވާފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ބްރާންޗު ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ.

މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބު އަދި ޑެޕިއުޓީ ސީއީއޯ އަދި ޗީފް އޮޕަރޭޓިން އޮފިސަރު ސަހާ ވަހީދު ބައިވެރިވެވަޑައިގެންނެވި އެވެ.

ބީއެމްއެލް ބްރާންޗު ދުވާފަރުގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލް ބްރާންޗު ދުވާފަރުގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ބީއެމްއެލް)

ދުވާފަރުގައި ހުޅުވި އާ ބްރާންޗުން ހިދުމަތް ދޭނީ، ބީއެމްއެލް އިން ބުނި ގޮތުގައި، 'އިސްލާމިކް ފައިނޭންސް ފަސްޓް' ސިޔާސަތުގެ ދަށުން އިސްލާމިކް ބޭންކިން ހިދުމަތްތަކަށް އިސްކަންދީގެންނެވެ.

އެނގުން މުހިންމު - 1982 ވަނަ އަހަރު ބީއެމްއެލްގެ ފުރަތަމަ ބްރާންޗު ހުޅުވީ މާލޭގަ އެވެ.

ގައުމީ ބޭންކުގެ ހައިސިއްޔަތުން، މާލީ ބައިވެރިވުން އިތުރުކުރުމަށް ހާއްސަ އަހުމިއްޔަތުކަމެއް ދީގެން ކޮންމެ ރަށަކުން ވެސް ބޭންކިން ހިދުމަތް ލިބޭނެ ގޮތަށް ބީއެމްއެލް އިން އަންނަނީ ހިދުމަތްތައް ފުޅާކުރަމުންނެވެ.

"ބޭންކުގެ ހިދުމަތް ލިބޭ ތަންތަން އިތުރުކުރުމާ އެކު، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކަށް އަމާޒުކޮށްގެން ޑިޖިޓަލް ޗެނަލްތަކާއި ޕާޓްނަޝިޕްތައް އިތުރަށް ކުރިއެރުވުމަށް ބޭންކުން މަސައްކަތްކުރަމުން ދާނެ އެވެ،" ބީއެމްއެލްގެ ބަޔާނުގައިވެ އެވެ.

ބީއެމްއެލްގެ ނެޓްވޯކް

  • ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް 40 ބްރާންޗު 

  • 133 ސެލްފް ސާވިސް ބޭންކިން ސެންޓަރު 

  • 188 އޭޓީއެމް 

  • ފުޅާ ދާއިރާއެއްގައި އޭޖެންޓް ބޭންކިން ހިދުމަތް

  • ޒަމާނީ ޑިޖިޓަލް ބޭންކިން ހިދުމަތް

އިތުރު އާޓިކަލް

އިތުރު އާޓިކަލް