މި ފޯން އޯޑަރުކުރުން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ދިރާގު ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރެވޭނެ.

ދިރާގު

ސެމްސަންގް ގެލެކްސީ S25 އަލްޓްރާ ފޯނެއް ދިރާގުން ގަނެގެން ނެޓްފްލިކްސް ހިލޭ

މި އޮފާގެ ދަށުން މި ފޯނު ގަންނަ ފުރަތަމަ 30 ކަސްޓަމަރުންނަށް 3 މަހަށް ހިލޭ ބޭނުންކުރެވޭ ނެޓްފްލިކްސް ސަބްސްކްރިޕްޝަން (ޔޫއެސްއޭ) ކްރެޑިޓް ވައުޗަރެއް ލިބޭނެ
17 ޖުލައި 2025

ދިރާގުން ސެމްސަންގް ގެލެކްސީ S25 އަލްޓްރާ ފޯނު ގަންނަ ކަސްޓަމަރުންނަށް، 3 މަސްދުވަހުގެ ނެޓްފްލިކްސް ސަބްސްކްރިޕްޝަން ކްރެޑިޓް ލިބޭ ޕްރޮމޯޝަނެއް މިއަދު ތައާރަފުކޮށްފި އެވެ.

ތަފްސީލް - މި އޮފާގެ ދަށުން މި ފޯނު ގަންނަ ފުރަތަމަ 30 ކަސްޓަމަރުންނަށް 3 މަހަށް ހިލޭ ބޭނުންކުރެވޭ ނެޓްފްލިކްސް ސަބްސްކްރިޕްޝަން (ޔޫއެސްއޭ) ކްރެޑިޓް ވައުޗަރެއް ލިބޭނެ އެވެ.

މި ފޯން އޯޑަރުކުރުން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ދިރާގު ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރެވޭނެ އެވެ.

ފޯނު އޯޑަރުކުރުމުން ފުރަތަމަ 30 ކަސްޓަމަރުންނަށް ނެޓްފްލިކްސް ސަބްސްކްރިޕްޝަން އީމެއިލް މެދުވެރިކޮށް ލިބޭނެ އެވެ.

ސެމްސަންގް ގެލެކްސީ S25 އަލްޓްރާ

  • އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި ފީޗާތައް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ޑިވައިސްއެއް 

  • މި ފޯނުގައި ހަރުކޮށްފައިވާ އެޑްވާންސްޑް ސްނެޕްޑްރެގަން 8 އެލީޓް ފޯ ގެލެކްސީ ޕްރޮސެސަރުގެ ސަބަބުން، އަވަސް ސްޕީޑާއި އާޓިފިޝަލް އިންޓެލިޖެންސްގެ ހިދުމަތްތައް ލިބޭ

  • 6.9 އިންޗީގެ ޑައިނަމިކް އެމޮލެޑް 2އެކްސް ޑިސްޕްލޭއިން ސާފު އަދި ކުލަގަދަ ކުއަޑް އެޗްޑީ+ ވިޝުއަލްސް ފޯރުކޮށްދޭ 

  • ކެމެރާ ސިސްޓަމުން ޕްރޮފެޝަނަލް ފޮޓޯ އަދި ވީޑިއޯ ނެގޭނެ

ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދީ، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދެމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް