ދިރާގާއި ތިންކުގެ އޮފިޝަލުން. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގުން ފުޑް ކާނިވަލްގެ ސްޕޮންސަރަކަށް ވެއްޖެ

މި މަހުގެ 25 އިން 28އަށް މޯލްޑިވްސް ފުޑް ކާނިވަލް ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވީރު 4 އިން ރޭގަނޑު 11:30އަށް
23 ޖޫން 2025

މޯލްޑިވްސް ފުޑް ކާނިވަލް 2025ގެ ޕްރިމިއަމް ސްޕޮންސަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - މި މަހުގެ 25 އިން 28އަށް މޯލްޑިވްސް ފުޑް ކާނިވަލް ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވީރު 4 އިން ރޭގަނޑު 11:30 އަށެވެ. މިއީ މި ހަރަކާތް ބާއްވާ ތިން ވަނަ އަހަރެވެ.

ތަފްސީލް - ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މި ހަރަކާތުގައި:

  • ތަފާތު ކާބޯތަކެތީގެ ސްޓޯލްތައް ފެނިގެންދާނެ 

  • ގޭގައި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކާއި ކުދި ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކަށް އެއްތަނަކުން އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ

ބުނީ ކީކޭ؟ - "ވޭތުވެދިޔަ ދެ އަހަރުގެ ކާމިޔާބީއަށް ފަހު، މި އަހަރު ވެސް މޯލްޑިވްސް ފުޑް ކާނިވަލްގެ ޕާޓްނަރަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ފަދަ އިޖްތިމާއީ ހަރަކާތްތަކަށް އެއްބާރުލުންދީ ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް،" ދިރާގުގެ މެނޭޖަރު ބްރޭންޑް އެންޑް އިވެންޓްސް ނާޔާ ޝަރީފް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ މުޖުތަމައުގެ ތެރޭގައި ގުޅުން ވަރުގަދަކޮށް، ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް ބާއްވާ އެކި ހަރަކާތްތަކަށް އެކި ގޮތްގޮތުން އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް