މީގެ ކުރިން ބޭއްވި މޯލްޑިވްސް ފުޑް ކާނިވަލްއެއްގެ ތެރެއިން. (ދައުރު ފޮޓޯ/ހުސެން ސުނޭން)

ފުޑް ކާނިވަލް

މޯލްޑިވްސް ފުޑް ކާނިވަލް: އެފްއެންޑްބީގެ އީދު ބުދަ ދުވަހު ފަށަނީ

މީގެ ކުރީގެ ފުޑް ކާނިވަލުން ފެނުނު ފުޑް އެރީނާ، ފުޑް އެކްސްޕޯ، ފުޑް ސްޓްރީޓް، އާޓްސް އެންޑް ކްރާފްޓްސް މާކެޓް އަދި ބިންގާ ފަން ޒޯން ފަދަ ތަފާތު އެކި ޒޯންތައް، އެއަށް ވުރެ ބޮޑުކޮށް، ކުލަގަދަކޮށް މިފަހަރުގެ ކާނިވަލްގެ ފެންނާނެ

މޯލްޑިވްސް ފުޑް ކާނިވަލަކީ ރާއްޖޭގެ ފުޑް އެންޑް ބެވަރޭޖް ދާއިރާއަށް އަހަރަކު އެއް ފަހަރު އަންނަ އީދެކެވެ. މިއީ ކެއުމާއި ކެއްކުމަށް ލޯބިކުރާ މީހުން އެއްތަން ކޮށްދޭ، ހުރިހާ އުމުރުފުރާތަކާ ވެސް ގުޅޭ އިވެންޓެކެވެ.

ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މެގަޒިން ގުޅިގެން ގެނެސްދޭ ފުޑް ކާނިވަލް މިއަހަރު އޮންނާނީ އަންނަ ބުދައިން ފެށިގެން ހޮނިހިރަށް، ހުޅުމާލެ ސެންޓްރަކް ޕާކު ގައެވެ.

ކާމިޔާބު ދެ ފުޑް ކާނިވަލަށް ފަހު މިދިޔަ ދެ އަހަރުގެ ތެރޭގައި އެ އިވެންޓު ވަނީ އަހަރުގެ މުހިންމު އަދި ބޮޑު ހަރަކާތެއްގެ ގޮތުގައި ކަލަންޑަރުގައި ބޮޅު އަޅާލެވޭ ވަރުގެ އިވެންޓެކަށް ވެފަ އެވެ. އެގޮތުން، 68 އެގްޒިބިޓަރުންނާ އެކު މިދިޔަ އަހަރު ބޭއްވި ފުޑް ކާނިވަލަށް 30،000އަށް ވުރެ ގިނަ މީހުން ވަނީ ޒިޔާރަތްކޮށްފަ އެވެ.

އެ ކާމިޔާބީތަކާ އެކު މިއަހަރުގެ ފުޑް ކާނިވަލް މާ ފޯރިގަދަ ވާނެ ކަމުގެ ޔަގީންކަން ތިންކުން ވަނީ ދީފަ އެވެ.

  • މީގެ ކުރިން ބޭއްވި މޯލްޑިވްސް ފުޑް ކާނިވަލްއެއްގެ ތެރެއިން. (ދައުރު ފޮޓޯ/ހުސެން ސުނޭން)

މީގެ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުގެ ކާނިވަލުގައި ވެސް ދިވެހި އަދި ބޭރުގެ އެކި ރަހަތަކަށް އިންސާފުކޮށްލުމުގެ ފުރުސަތު އާންމުންނަށް ލިބޭނެ އެވެ. އޭގެ އިތުރުން މީގެ ކުރިން ފެނުނު ތަފާތު އެކި ޒޯންތައް، އެއަށް ވުރެ ބޮޑުކޮށް، ކުލަގަދަކޮށް މިފަހަރުގެ ކާނިވަލްގައި ފެންނާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ފުޑް އެރީނާ

  • ފުޑް އެކްސްޕޯ

  • ފުޑް ސްޓްރީޓް

  • އާޓްސް އެންޑް ކްރާފްޓްސް މާކެޓް

  • ބިންގާ ފަން ޒޯން

  • މީގެ ކުރިން ބޭއްވި މޯލްޑިވްސް ފުޑް ކާނިވަލްއެއްގެ ތެރެއިން. (ދައުރު ފޮޓޯ/ހުސެން ސުނޭން)
  • މީގެ ކުރިން ބޭއްވި މޯލްޑިވްސް ފުޑް ކާނިވަލްއެއްގެ ތެރެއިން. (ދައުރު ފޮޓޯ/ހުސެން ސުނޭން)
  • މީގެ ކުރިން ބޭއްވި މޯލްޑިވްސް ފުޑް ކާނިވަލްއެއްގެ ތެރެއިން. (ދައުރު ފޮޓޯ/ހުސެން ސުނޭން)
  • މީގެ ކުރިން ބޭއްވި މޯލްޑިވްސް ފުޑް ކާނިވަލްއެއްގެ ތެރެއިން. (ދައުރު ފޮޓޯ/ހުސެން ސުނޭން)

މިއަހަރުގެ ފުޑް ކާނިވަލްގެ ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ:

  • ޕަވާޑް ބައި: އީޒެޕް

  • ޕްރިމިއަމް ސްޕޮންސާ: މޯލްޑިވްސް އިސްލާމިކް ބޭންކު، ދިރާގު އަދި ވިޒިޓް މޯލްޑިވްސް

  • އިވެންޓް ޕާޓްނަރު: ސޯސަން ފިހާރަ، އެޑްވެންޗާ އަޕް، ސްޓޯމް އިވެންޓްސް، ޓޫޜިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީ އަދި ވެމްކޯ

  • ޕިއްޒާ ޕާޓްނަރު: ޕިއްޒާ ބޯނާ

  • ޕްރިންޓިން ޕާޓްނަރު: ޕްރިންޓްވޯކްސް

  • ކޭޓަރިން ޕާޓްނަރު: ބޭކާސް ބާސްކެޓް، ޗިކިން މޯލްޑިވްސް، ގްލޯރިއާ ޖީންސް ކޮފީ އަދި މޯޓީ މަހަލް

  • އާކޭޑް ޕާޓްނަރު: އާކޭޑް ހަބް

  • ސްޓޭޖް ސްޕޮންސަރު: ޝީޝާ

  • ބެވަރޭޖް ޕާޓްނަރު: ސްޕްރައިޓް

  • ސެކިއުރިޓީ ޕާޓްނަރު: ގޭޖް

  • މީޑިއާ ޕާޓްނަރު: ދައުރު

މޯލްޑިވްސް ފުޑް ކާނިވަލްގެ އެގްޒިބިޓަރުންނާއި މި އިވެންޓާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު 'ދައުރު'ގެ އިތުރުން އެ އިވެންޓުގެ ފޭސްބުކް، އިންސްޓަގްރާމް ޕޭޖުން ބަލައިލެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް