ލިންކްސާވް އިން އަންނަނީ އިތުބާރުހުރި، ހަރުދަނާ އަދި ބޭނުންތަކަށް ފެތޭ ގޮތަށް ބޮޑުކުރެވޭ ބެކަޕް ޕަވާ ސިސްޓަމްތަކެއް ފޯރުކޮށްދެމުން.

އެޑްވަޓޯރިއަލް

ކަރަންޓު ކެނޑޭއިރު ލިންކްސާވްގެ ބެކަޕް ޕަވާ ސޮލިއުޝަނުން ބޮޑު ހައްލެއް

ވިޔަފާރިތަކާއި ގޭބިސީތަކުގެ އާންމު ހިދުމަތްދޭ ވަސީލަތްތައް ކަރަންޓަށް ބަރޯސާވެފައި ވާއިރު، މިފަދަ ހާލަތްތަކުގައި ބޭނުންކުރެވޭނެ ހާއްސަ ބެކަޕް ޕަވާ ސޮލިއުޝަންތަކެއް ލިންކްސާވް އިން ލިބެން ހުންނާނެ
2 ޖޫން 2025

މާލެ ސަރަހައްދުގައި 5 ގަޑިއިރަށް ވުރެ ދިގު މުއްދަތަކަށް ކަރަންޓުގެ ހިދުމަތް އިއްޔެ ކެނޑުނެވެ. ކުއްލި ގޮތަކަށް، ގިނަ ވަގުތަކަށް ކަރަންޓު ކެނޑުމުގެ ސަބަބުން އެކި ފިހާރަތަކާއި އޮފީސްތަކާއި ރެސްޓޯރަންޓްތަކުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސް، ހިދުމަތް ދިނުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖުހެނެވެ. އަދި އުސް އިމާރާތްތަކުގެ ލިފްޓްތަކުގައި މީހުން ތާށި ވުމާއި ފެން ބޫސްޓާ ޕަންޕުތައް ނުހިންގިގެން އާންމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވެ އެވެ.

ވިޔަފާރިތަކާއި ގޭބިސީތަކުގެ އާންމު ހިދުމަތްދޭ ވަސީލަތްތައް ކަރަންޓަށް ބަރޯސާވެފައި ވާއިރު، މިފަދަ ހާލަތްތަކުގައި ބޭނުންކުރެވޭނެ ހާއްސަ ބެކަޕް ޕަވާ ސޮލިއުޝަންތަކެއް ލިންކްސާވް އިން ލިބެން ހުންނާނެ އެވެ. މި ސޮލިއުޝަންތަކަކީ ކަރަންޓު ކެނޑޭ ހާލަތްތަކުގައި ވެސް މެދުނުކެނޑި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ސޮލިއުޝަންތަކެކެވެ.

ލިންކްސާވް އިން ފޯރުކޮށްދޭ ބެކަޕް ޕަވާ ސޮލިއުޝަންތަކަކީ އާންމުކޮށް ބޭނުންކުރާ ޔޫޕީއެސް ސިސްޓަމްތަކާއި ހިލާފަށް، ގިނަ ގަޑިއިރުތަކަކަށް ހިންގޭ ގޮތަށް ފަރުމާކޮށްފައިވާ އިތުބާރުހުރި ސޮލިއުޝަންއެކެވެ.

އާންމު ޔޫޕީއެސްތަކުން 15 މިނެޓާއި 20 މިނެޓަށް ބެކަޕް ޕަވާ ލިބޭއިރު، ލިންކްސާވްގެ މި ބެކަޕް ސޮލިއުޝަނުން 5 ގަޑިއިރަށް ވެސް ބޭނުންކުރެވޭނެ އެވެ.

ކޮންމެ ހާލަތަކަށް އަދި ކަސްޓަމަރެއްގެ ބޭނުންތަކަށް ބެކަޕް ބޮޑުކޮށް، ކުޑަކުރެވޭ ގޮތަށް ޑިޒައިންކޮށްދޭ މި ސޮލިއުޝަނުން ވިޔަފާރިތަކަށާއި ފިހާރަތަކަށާއި އޮފީސްތަކަށާއި ރެސްޓޯރަންޓްތަކަށާ އަދި ގޭގެއަށް ވެސް ބޭނުންކުރެވޭނެ އެވެ. ހާއްސަކޮށް، ގިނަ ބުރިއަށް އިމާރާތްކޮށްފައިވާ އިމާރާތްތަކުގައި ލިފްޓްތަކާއި ފެންޕަންޕުތައް ހިންގުމަށް މި ސިސްޓަމްތަކުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

މީގެ އިތުރުން، ވިޔަފާރިތަކަށް ދިމާވާ އިގްތިސާދީ ގެއްލުންތަކާއި ދަތިތައް ކުޑަކުރުމަށް މަގު ފަހިވެގެންދާނެ އެވެ.

ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ލިބުމުގެ މުހިންމުކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި ލިންކްސާވް އިން އަންނަނީ މުޖުތަމައަށް އިތުބާރުހުރި، ހަރުދަނާ އަދި ބޭނުންތަކަށް ފެތޭ ގޮތަށް ބޮޑުކުރެވޭ ބެކަޕް ޕަވާ ސިސްޓަމްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.

އިތުރު މައުލޫމާތު:

  • ލިންކްސާވްގެ ފިހާރަތަކުން 

  • ލިންކްސާވްގެ ކޯލް ސެންޓަރު - 3003000

އިތުރު އާޓިކަލް

އިތުރު އާޓިކަލް