ރެޑްވޭވް

ނުގެއްލި އޮތީ އެންމެ ކޫޕަނެއް؛ އެއީ ލައްކައެއް

ރެޑްވޭވްގެ ރޯދަ ސޭލްގައި ބައިވަރު ކޫޕަން ފުރި ނަމަވެސް، އަލީ މަނިކުގެ އަތުން އެއް ކޫޕަން ފިޔަވާ ހުރިހާ ކޫޕަން ކޯޑުތަކެއް ގެއްލުނީ. ނަމަވެސް އެ ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމުގެ ގުރުގައި ނެގުނީ އޭނާ އަތުގައި އޮތް ކޫޕަންގެ ނަންބަރު

އަލީ މަނިކު، ކޫޕަނަކަށް ފަހު ކޫޕަނެއް ފުރައި، ކަނޑާލުމަށްފައި ރެޑުވޭވުގައި ހުރި ފޮއްޓަށް ލަމުން ދިޔަ އެވެ. އަނެއްބައި ލީ ވޮލެޓަށެވެ. ކޮންމެ ފަހަރަކު ވެސް ނަސީބު ލައްވާލާނެކަމުގެ އުންމީދާ އެކީގަ އެވެ. ސަމާސާއަކަށް ހަދާފައި އެއް ރޭ ކޭޝިއަރުގެ ގާތުގައި "މިފަހަރު ލައްވާލާނެ ދޯ" އޭ ވެސް ބުންޏެވެ.

އެކަމަކު ވީނުވީއެއް ނޭނގި އޭނާގެ އަތުން ހުރިހާ ކޫޕަނެއް ގެއްލުނީ އެވެ. އެންމެ ކޫޕަނެއް ފިޔަވަ އެވެ. މައްސަލައެއް ނެތެވެ. ސަލާމަތުން އޮތް 007080 އަކީ 'ލައްކައިގެ ކޫޕަން' އެކެވެ.

ރެޑްވޭވް ރޯދަ ސޭލް 2025ގެ ބޮޑު އިނާމު ލިބުނު އަލީ މަނިކުގެ ކޫޕަން.

އަލީ މަނިކަކީ ރެޑްވޭވުން އާންމުކޮށް ވިޔަފާރިކުރާ މީހެކެވެ. އެހެން އުޅޭ އުޅުމުގައި ލައްކަ ބައިވަރު ޕްރޮމޯޝަންތައް ފެނެ އެވެ. ކޫޕަނެއް ލިބިއްޖެ ނަމަ ފުރާލާފައި ވަގުތުން ފޮއްޓަށް ވެސް ލަ އެވެ. އެކަމަކު އޭނާ އެ ފިހާރައިން ވިޔަފާރިކުރާ އަސްލު ސަބަބަކީ އެއީއެއް ނޫނެވެ.

"އަޅުގަނޑު ރެޑްވޭވުން ވިޔަފާރިކުރަނީ ގެއާ ކައިރިވެފައި، ހުރިހާ އެއްޗެއް އެއްތަނަކުން ލިބޭތީ،" އަލީ މަނިކު ބުންޏެވެ.

ހަމަ އެ ގޮތަށް، ބޮޑެތި ޑިސްކައުންޓުތަކާ އެކު ރެޑްވޭވުން އޭޕްރީލް 6ގެ ނިޔަލަށް ކުރިއަށްގެންދިޔަ ރޯދަ ސޭލްގައި ވެސް އޭނާ ވަރަށް ސާމާނު ގަތެވެ. އޭނާ ހަރަދުކުރި ކޮންމެ 500ރ.ގެ ވިޔަފާރިއަކަށް ކޫޕަނެއް ވެސް ލިބުނެވެ. އެކަމަކު އެއީ ޖުމްލަ ކިހާ ކޫޕަނެއްކަން އޭނާ މިހާރު ހަނދާނެއް ނެތެވެ.

"އެ ދުވަހު [އެކުގައި ގޮސް ހުރި] ކޮއްކޮ ގާތުގައި ބުނިން، މިފަހަރު ހީވޭ ލައްވާލާނެހެން،" އޭނާ ބުންޏެވެ.

ފިހާރައިން ނުކުމެގެން ދަމުން ކޭޝިއަރު ގާތުގައި ބުނީ ހަމަ އެގޮތަށެވެ. އިރާދަކުރެއްވިއްޔާ މިފަހަރު ލައްވާލާނެ ކަމަށެވެ.

އޭޕްރީލް ފަހުކޮޅުގައި ޕްރޮމޯޝަންގެ ނަސީބުވެރިން އިއުލާން ކުރިއިރު އަލީ މަނިކު ސަމާސާއަކަށް ބުނި ބަސް އޮތީ ހަގީގަތަކަށްވެފަ އެވެ. އެ ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމަކަށް އޮތް 100،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ކޫޕަނަކަށް ނެގުނީ 007080 އެވެ. އެ ކޫޕަންގައި އޮތީ އޭނާގެ ނަމެވެ.

ރެޑްވޭވް ލަކީ ޑްރޯއިން އެއް ލައްކަ ރުފިޔާ ލިބުނު އަލީ މަނިކު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އިތުރު 12 ނަސީބުވެރިން ވެސް އެ ޕްރޮމޯޝަންގައި ރެޑްވޭވުން އިއުލާންކުރި އެވެ. އެއީ 10،000ރ.ގެ ގިފްޓް ވައުޗާ ލިބޭ 7 ނަސީބުވެރިންނާއި 5،000ރ.ގެ ފައިސާގެ އިނާމު ލިބޭ 5 ނަސީބުވެރިންނެވެ.

ރެޑްވޭވް ރޯދަ ސޭލް 2025ގައި ގިފްޓް ވައުޗާ ލިބުނު ނަސީބުވެރިން.
ރެޑްވޭވް ރޯދަ ސޭލް 2025ގައި ފައިސާގެ އިނާމު ލިބުނު ނަސީބުވެރިން.

ލިބުނު ކާމިޔާބީއާ އެކު އަލީ މަނިިކު ހުރީ މިކަހަލަ ޕްރޮމޯޝަންތައް ވީހާ ވެސް ގިނައިން ވިޔަފާރިވެރިން ހިންގާނެ ކަމުގެ އުންމީދު ގަ އެވެ. އެ އުންމީދުގައި ހުރެ އޭނާ ބުނީ މިހެންނެވެ:

"ރެޑްވޭވްގެ މެނޭޖްމަންޓަށް ޝުކުރު ދަންނަވަން. އާންމުންނަށް މިކަހަލަ ގިނަ ޕްރޮމޯޝަންތައް ހުޅުވާލައިގެން ގެންދާތީ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް