މިފްކޯގެ ސީއީއޯ އަދި އެމްޑީ ކަމަށް ހަމަޖެއްސުމަށް ފަހު ތިން މަސް ތެރޭ ވަކިކުރި ޑރ. ވިޓާލީ
ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ހަމަޖެއްސި ފުރަތަމަ ބޭރު ސީއީއޯ، ޑރ. ވިޓާލީ ލިއުބިމޮވް ނޯޓިސް ނުދީ މަގާމުން ވަކިކުރި ކަމަށް ބުނެ އެ މައްސަލަ އޭނާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފި އެވެ.
އެނގުން މުހިންމު - ވިޓާލީ މިފްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސިތާ 3 މަސް ފަހުން އޭނާ ވަކިކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.
ތަފްސީލް - ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރި ކަމަށް ބުނެ އޭނާ ވަނީ 17 މާޗްގައި މިފްކޯއާ ދެކޮޅަށް ޓްރައިބިއުނަލަށް މައްސަލައެއް ހުށަހަޅައިފަ އެވެ. ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ:
-
އޭނާ ވަކިކުރީ ވަޒީފާގެ އެއްބަސްވުމުގައި ބުނާ 3 މަހުގެ ނޯޓިސް ދިނުމަކާ ނުލާ
-
އެހެންވެ، އޭނާ ޓްރައިބިއުނަލްގައި އެދިފައި ވަނީ އެ 3 މަހަށްވާ މުސާރަ އޭނާއަށް ނަގައިދިނުމަށް
-
އެއީ، 3 މަހުގެ މުސާރަ ކަމަށްވާ 42،000 ޑޮލަރު (647،640ރ.) ކަމަށް އޭނާގެ މައްސަލައިގައި ބުނެފައިވޭ
އެ މައްސަލަ ޓްރައިބިއުނަލްގައި ހިނގަމުންދާއިރު މިފްކޯއިން ބުނެފައި ވަނީ އެ މައްސަލަ ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށެވެ. އެހެން ނަމަވެސް ޓްރައިބިއުނަލުން ނިންމީ މައްސަލަ ބެލޭނޭ ކަމަށެވެ.
ގުޅުންހުރި - ހިދުމަތް ދޭން ފަށާފައި ނުވާ ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުން މިދިޔަ މާޗު މަހު އިސްތިއުފާ ދެއްވި ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް ވެސް ވަނީ މުސާރަ ނުލިބިގެން ކަމަށް ބުނެ ޓްރައިބިއުނަލަށް މައްސަލައެއް ވައްދައިފަ އެވެ.
އޭނާއަށް ތަރުޖަމާނެއް ހަމަނުޖެއްސިގެން މައްސަލަ ވަނީ ބޭރުކޮށްފަ އެވެ. ޑީބީއެމްއިން ބުނެފައި ވަނީ ނޮއެލް މަސައްކަތް ކުރި ދުވަސްތަކަށް މުސާރަ ދިން ކަމަށެވެ.
ކޮމެންޓް (1)
ތެފައާސާ.