ސޮނޭވާ ފުށި ރިސޯޓް. (ފޮޓޯ/ސޮނޭވާ)

ޓޫރިޒަމް

ރާއްޖޭގެ ސޮނޭވާ ކުންފުނީގެ ބޮޑު ބައި އެމެރިކާގެ އިންވެސްޓަރެއް ގަނެފި

ކޭއެސްއެލް އިން ބުނި ގޮތުގައި މިއީ އެ ކުންފުނިން 2019ގައި ސޮނޭވާ ކުންފުނީގައި ކުރި ކުޑަ އިންވެސްޓްމަންޓަށް ބިނާކޮށް ހެދި މުއާމަލާތެއް
24 މޭ 2025

ދުނިޔޭގެ މަޝްހޫރު އޯލްޓަނޭޓިވް އިންވެސްޓްމަންޓް ކުންފުނި، ކޭއެސްއެލް ކެޕިޓަލް ޕާޓްނާސް އިން ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތައް ހިންގާ ސޮނޭވާ ކުންފުނީގެ ހިއްސާގެ ބޮޑު ބައެއް ގަނެފި އެވެ.

ވީ ކިހިނެއް؟ - އެމެރިކާގައި މައި އޮފީސް ހުންނަ ކޭއެސްއެލްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މިއީ އެ ކުންފުނިން ނޮވެމްބަރު 2019ގައި ސޮނޭވާ ކުންފުނީގައި ކުރި ކުޑަ އިންވެސްޓްމަންޓަށް ބިނާކޮށް ހެދި މުއާމަލާތަކެވެ.

ތަފްސީލް - މި މުއާމަލާތާ އެކު، ކޭއެސްއެލްއިން ވަނީ ސޮނޭވާ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ނީލް ގަލަގާ އައްޔަންކޮށްފަ އެވެ.

ގަލަގާއަކީ ޔޫރަޕް، މެދު އިރުމަތި، އެމެރިކާ އަދި ކެރީބިއަން ސަރަހައްދުގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބޭފުޅެކެވެ.

ސޮނޭވާ

  • އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ސޯނޫ ޝިވްދަސާނީ އުފެއްދެވި ކުންފުންޏެއް

  • ފުރަތަމަ ރިސޯޓް ހުޅުވީ 1995ގައި؛ އެއީ މިހާރުގެ ސޮނޭވާ ފުށި ރިސޯޓް 

  • ސޮނޭވާ ފުށީގެ އިތުރުން، ރާއްޖޭގައި ސޮނޭވާ ޖާނި، ސޮނޭވާ ސީކްރެޓް އަދި ސޮނޭވާ އިން އަކުއާ ޔޮޓް ގެންގުޅޭ؛ ތައިލެންޑުގައި ވެސް ރިސޯޓެއް ހިންގާ

  • މިއީ ދެމެހެއްޓެނިވި ލަގްޒަރީ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ކުރީ ސަފުގައި ހިމެނޭ ބްރޭންޑެއް

  • މިއީ ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކުރި ބްރޭންޑް

އިތުރު އާޓިކަލް

އިތުރު އާޓިކަލް