'އެލައިޑް 40 - މައިލްސްޓޯންސް އެންޑް މުމެންޓަމް'ގެ ނަމުގައި ބޭއްވި ހަރަކާތް. (ފޮޓޯ/އެލައިޑް)
އެލައިޑަށް 40 އަހަރު: އިސްލާމިކް ވިންޑޯ ރީބްރޭންޑުކޮށް، ބައިވެރިއަކަށް މުދާ ރައްކާތެރިކުރާ ޕްލޭނެއް
އެލައިޑް އިންޝުއަރެންސްއަށް 40 އަހަރު ފުރުން ފާހަގަކުރުމަށް ހާއްސަ ހަފްލާއެއް ބާއްވައި އެ ހަފްލާގައި ބައިވެރިވި ކޮންމެ މީހަކަށް 150،000ރ.ގެ އަގުހުރި ގޭތެރޭގެ މުދާ ރައްކާތެރިކުރާ ޕްލޭނެއް ހަދިޔާކޮށް، އިސްލާމިކް ވިންޑޯ ރީބްރޭންޑުކޮށްފި އެވެ.
ވީ ކިހިނެއް؟ - 'އެލައިޑް 40 - މައިލްސްޓޯންސް އެންޑް މުމެންޓަމް'ގެ ނަމުގައި މި ހަފްލާ ކުރިއަށްގެންދިޔައީ މިދިޔަ ހޯމަ ދުވަހުގެ ރޭ ޖެން ހޮޓަލުގަ އެވެ.
ގިނަ އަދަދެއްގެ ކަސްޓަމަރުންނާ އެކު މި ހަފްލާ ކުރިއަށްގެންދިޔައީ، އެލައިޑުން ބުނި ގޮތުގައި، އެ ކުންފުނީގެ ދިގު ކާމިޔާބު މާޒީގެ ފަހަތުގައިވާ އަގުހުރި ހިދުމަތްތެރި ކަސްޓަމަރުންގެ އަގުވަޒަންކޮށް، އެ ފަރާތްތަކާ އެކު ވަގުތު ހޭދަކޮށް، ހިޔާލު ބަދަލުކުރުމަށެވެ.
ތަފްސީލް - އެލައިޑުގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯ މުއްސަނދި ކުރުމަށް މިއަހަރަށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ބައެއް އުފެއްދުންތައް ވެސް ވަނީ އެ ރޭ ކަސްޓަމަރުންނާ ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ކްރިޓިކަލް އިލްނެސް ކަވަރު، ސައިބަ އިންޝުއަރަންސް ކަވަރު އަދި އެމްޕްލޯޔާސް ލައިބިލިޓީ ކަވަރު
-
މިއީ ބަވަނަވަމުން އަންނަ ދުނިޔޭގެ ބަދަލުތަކަށް ފެތޭ ގޮތަށް ޕްލޭންތައް ފަރުމާކުރުމަށް އެލައިޑުން ދޭ އިސްކަން ދޭހަކޮށްދޭ ކަމެއް ކަމަށް އެލައިޑުން ބުނޭ
-
މިޕްލޭންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ފޯރުކޮށްދޭނެ
ޖެންގައި ބޭއްވި ހަފްލާގައި އެލައިޑުން ވަނީ އެ ކުންފުނީގެ އިސްލާމިކް ވިންޑޯ، 'އަޔާދީ ތަކާފުލް' ރީބްރޭންޑްކޮށް 'އެލައިޑް ތަކާފުލް'އަށް ބަދަލުކޮށްފަ އެވެ. 'އެލައިޑް ތަކާފުލް'އަށް މިހާރު ވަނީ 11 އަހަރު ފުރިފަ އެވެ.
ކަސްޓަމަރުންނަށް ހާއްސަކޮށް ކުރިއަށްގެންދިޔަ ހަފްލާގައި އެލައިޑުން ވަނީ ކޮންމެ ބައިވެރިއަކަށް ހާއްސަ ހޯމް ކޮންޓެންޓް ޕްލޭނެއް ހަދިޔާކޮށްފަ އެވެ. އެގޮތުން:
-
150،000ރ.ގެ އަގުހުރި ގޭތެރޭގެ މުދާ ރައްކާތެރިކުރާ ޕްލޭނެއް
-
މިއީ ގޭތެރޭގައި ހުންނަ ސާމާނަށް ކުރިމަތިވެދާނެ ފަދަ ގެއްލުންތަކަށް ބަދަލު ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެއް
މީގެ އިތުރުން، އެ ހަފްލާގެ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވުނު 3 ފަރާތަކަށް އެލައިޑުން ވަނީ 1 އަހަރުގެ ވޯލްޑްވައިޑް ޓްރެވަލް ޕްލޭނެއް (އެމެރިކާ އާއި ކެނެޑާ ނުހިމެނޭ ގޮތަށް) ވެސް ހަދިޔާކޮށްފަ އެވެ. މިޕްލޭނުގެ ދަށުން، ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގައި ކުރާ ސިއްހީ ފަރުވާއަށްދާ ހަރަދާއި ދަތުރު ލަސްވުން ނުވަތަ ކެންސަލްވުން އަދި ލަސްވެ ނުވަތަ ގެއްލޭ ދަބަސް ފަދަ ތަކެއްޗަށް ބަދަލު ލިބެ އެވެ.