ނޭޗާޕާކް ހަދަން އެމްޓީޑީސީއާ އެކު މިއަދު ސޮއިކުރަނީ (ފޮޓޯ/ޓޫރިޒަމް މިނިސްޓްރީ)

އެމްޓީޑީސީ

ދެ ރަށެއްގައި ނޭޗާ ޕާކް ހަދަން އެމްޓީޑީސީއާ ހަވާލުކޮށްފި

އެ މަޝްރޫއުގެ ދަށުން ނޭޗާ ޕާކް ހަދާނީ ހދ.ކޭލަކުނާއި ށ.ފަރުކޮޅުގައި
20 މޭ 2025

ހދ.ކޭލަކުނާއި ށ.ފަރުކޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ނޭޗާ ޕާކެއް ތަރައްގީ ކުރުމަށް ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އާ ހަވާލުކޮށްފި އެވެ.

އެނގުން މުހިންމު - ފަތުރުވެރިކަން ފުޅާކުރުމަށް ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކް ގާއިމްކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. 

ތަފްސީލް - އެކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު މިނިސްޓްރީ އާއި އެމްޓީޑީސީން ސޮއިކޮށްފައި ވަނީ:

  •  ހަތަރު މަރުހަލާއަކަށް ބަހާލައިގެން އެ މަސައްކަތް އެއް އަހަރު ތެރޭ ނިންމުމަށް

  • އެ މަސައްކަތްތައް އެމްޓީޑީސީން ކުރާނީ ޓޫރިޒަމް މިނިސްޓްރީގެ ފަންނީ ލަފަޔާ އެއްގޮތަށް 

"މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގުދުރަތީ ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވައިދު އާއި އެހެނިހެން ކަމާގުޅޭ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ،" ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. 

އެ މިނިސްޓްރީން އިތުރަށް ބުނީ އެ މަޝްރޫއުގެ ސަބަބުން އުތުރުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަން އިތުރަށް ކުރިއަރައި ރަށްރަށުގެ އިގްތިސާދަށް ފައިދާތަކެއް ލިބޭނޭ ކަމަށެވެ. 



އިތުރު އާޓިކަލް

އިތުރު އާޓިކަލް