ދިރާގުން މުހައްމަދު އިއުތިމަން އަލީއާ އިނާމު ހަވާލުކުރަނީ. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގުން ދޭ ސްވިޓްޒަލޭންޑް ދަތުރުގެ ނަސީބުވެރިޔާއަށް އިނާމު ހަވާލުކޮށްފި

މުހައްމަދު އިއުތިމަން އަލީއާ އިނާމު ހަވާލުކޮށްފައިވަނީ ދިރާގުގެ މައި އޮފީހުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި
23 އޭޕްރީލު 2025

ދިރާގުން މިދިޔަ ރޯދަ މަހު ކުރިއަށްގެންދިޔަ، ކަރާ ފަޅައިގެން އިނާމު ހޯދުމުގެ ޕްރޮމޯޝަނުގެ އެންމެ ހާއްސަ އިނާމު ކަމަށްވާ ސްވިޓްޒަލޭންޑް ދަތުރުގެ ނަސީބުވެރިޔާއަށް މިއަދު އިނާމު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - މުހައްމަދު އިއުތިމަން އަލީއާ އިނާމު ހަވާލުކޮށްފައިވަނީ ދިރާގުގެ މައި އޮފީހުގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. މި ހަފްލާގައި، ދިރާގުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވި އެވެ.

ތަފްސީލް - މިދިޔަ ރޯދަ މަހު ދިރާގުން ވަނީ:

  • ކޮންމެ ދުވަހަކު ދިރާގުއެޕުން ކަރާ ފަޅައިގެން 2 ޖީބީ ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު 

  • ވަކި އަދަދަކަށް ކަރާ ފަޅައިގެން، ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލި؛ މި އިނާމުތަކުގެ ތެރޭގައި، 10 ޖީބީ ހިލޭ ޑޭޓާ، އެއާޕޮޑްސް، ސެމްސަންގް އެސް 25 ފޯން، 1 ޓީބީ ހިލޭ ޑޭޓާ އަދި ސްވިޓްޒަލޭންޑަށް ޗުއްޓީ ދަތުރެއް

ބުނީ ކީކޭ؟ - "ދިރާގުއެޕުން ކަރާ ފަޅާލައިގެން މިހާ ފަސޭހައިން ސްވިޓްޒަލޭންޑަށް ދިއުމުގެ ފުރުސަތު ލިބިދާނެ ކަމަކަށް ހިއެއް ވެސް ނުކުރަން. އިނާމް ލިބުނުކަން އެނގުމުން ފުރަތަމަ ގަބޫލުނުކުރެވުނު ކަމުގައި ވިޔަސް، ވަރަށް ބޮޑަށް އުފާވި،" އިއުތިމަން ބުންޏެވެ.

"ދިރާގު ކަސްޓަމަރަކަށް ވުމުގެ ސަބަބުން އަޅުގަނޑަށް މި ލިބުނީ ވަރަށް އަގުހުރި އިނާމެއް. ދިރާގަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން."

ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް މި ފަދަ ތަފާތު ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ކަސްޓަމަރުންނާ ހަމައަށް އަގުހުރި އިނާމުތަކާއި އުފާވެރި ތަޖުރިބާތައް ފޯރުކޮށްދެމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް