ފިނޭންސް މިނިސްޓަރު ޒަމީރު މީގެ ކުރިން ރައްޔިތުން މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް މައުލޫމާތު ދެއްވަނީ: ރިކަރަންޓް ހަރަދު ހިމެނޭ ގޮޔުން މިއަހަރު އަދި ހަރަދުތައް ވަނީ ކުޑަކޮށްފައި (ދައުރު ފައިލް ފޮޓޯ)

ބަޖެޓް 2025

3 ބިލިއަން ރުފިޔާ ސަލާމަތްކޮށް ބަޖެޓް ރެކޯޑް ސާޕްލަސްއެއްގައި

10 އޭޕްރީލްގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ ގާތްގަނޑަކަށް 11 ބިލިއަން ރުފިޔާއަށް އިތުރުވެފައި ނަމަވެސް ހަރަދުތައް ވަނީ ރިކަރަންޓް ހަރަދު ހިމެނޭ ގޮތުން ކުޑަކޮށްފައި
16 އޭޕްރީލު 2025
2

މި މަހުގެ 10އެއްގެ ނިޔަލަށް ދައުލަތުން ކުރި ހަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ ކުޑަކޮށްފައި ވުމުން، ދައުލަތުގެ ބަޖެޓް 3.4 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް، ނުވަތަ އަރަނިވުމެއްގައި ހިފެހެއްޓިއްޖެ އެވެ. 

އެނގުން މުހިންމު - މީގެ ކުރީ އަހަރުތަކުގައި އަހަރުގެ ދެ ވަނަ ކުއާޓާ ފެށޭއިރު ބަޖެޓް ޑެފިސިޓަކަށްދެ އެވެ. އޭގެ މަނާއަކީ ލިބޭ އެއްޗަކުން ހަރަދުތައް ފޫނުބެއްދެ އެވެ. 

ވީ ކިހިނެއް؟ - ދައުލަތުގެ މާލީ ވުޒާރާއިން އިއްޔެ އާންމުކުރި ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ތަފާސްހިސާބުތައް، 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓުގައިވާ ގޮތުން:

  • 10 އޭޕްރީލްގެ ނިޔަލަށް ދައުލަތަށް ވަނީ ގާތްގަނޑަކަށް 11.2 ބިލިއަން ރުފިޔާ ލިބިފައި؛ މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 10.7 ބިލިއަން ރުފިޔާ

  • ދައުލަތުގެ ހަރަދުތައް ގާތްގަނޑަކަށް 9 ބިލިއަން ރުފިޔާގައި ހުރިއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތުން ވަނީ ގާތްގަނޑަކަށް 11.8 ބިލިއަން ރުފިޔާ ހޭދަކޮށްފައި  

  • ރިކަރަންޓް ހަރަދުތައް ވެސް ވަނީ 8.3 ބިލިއަން ރުފިޔާއަށް ކުޑަކޮށްފައި އަދި ކެޕިޓަލް ހަރަދުތައް ހުރީ 693 މިލިއަން ރުފިޔާގައި 

މިއަހަރުގެ ބަޖެޓް ފޮތް މެންބަރަކު ބައްލަވަނީ (ފޮޓޯ/ މަޖިލިސް)

މިއަހަރުގެ ހަރަދުތަކުގެ ތެރޭގައި ލޯން ދެއްކުމަށް ހޭދަވި ގާތްގަނޑަކަށް 2.4 ބިލިއަން ރުފިޔާ ހިމެނެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލޯން ދެއްކުމަށް ހޭދަކުރީ 847.9 މިލިއަން ރުފިޔާ އެވެ. 

ތަފްސީލް - މިދިޔަ އަހަރުގެ އެ މުއްދަތުގައި ބަޖެޓްގެ ޕްރައިމަރީ ބެލެންސް 351.6 މިލިއަން ރުފިޔާއިން އަރަނިވެފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އެއާ އެކު:

  • މިއަހަރުގެ ޖުމްލަ ބަޖެޓްގެ ބެލެންސް އެހާތަނަށް ވަނީ 2.1 ބިލިއަން ރުފިޔާއިން އަރަނިވެފައި 

  • މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖުމްލަ ބަޖެޓްގެ ބެލެންސް ހުރީ 1.1 ބިލިއަން ރުފިޔާގެ ޑެފިސިޓްގައި

މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީގެ ތެރޭގައި ހިމެނެނީ:

  • ޓެކްސްގެ އާމްދަނީ: 8.7 ބިލިއަން ރުފިޔާ 

  • ޓެކްސް ނޫން އާމްދަނީ: 2.5 ބިލިއަން ރުފިޔާ 

  • ހިލޭ އެހީ: 56 މިލިއަން ރުފިޔާ 

ކޮމެންޓް (2)

އާމީ

18 އޭޕްރީލު 2025
3 ބިލިއަން ސަލާމަތްވި ކަމަށް ވާނީ އެފަސާ ޚަރަދު ނުކޮށް ހުރިނަމަ ނޫންތޯ؟ ޚަރަދު ކުރިކަމަށް އެބަ ދައްކާ 12 ބިލިއަން އެކަމަކު އާމްދަނީ 11 ބިލިއަން.
0 0

އަބްދުﷲ

17 އޭޕްރީލު 2025
ކުންފުނިތަކަށް ދޭންޖެހޭ ލާރި ހިފަހައްޓާ، ޕްރޮޖެކްޓެއް ނުހިންގާ ބަޖެޓް ސާޕްލަސްވީއޯ!!!!!! ބްރޯ ވީ ހޭވް ލޯންސް އޮފް 120 ބިލިޔަން. ތާކުންތާކު ޖެހޭ ޚަބަރު ލިޔެބަލަ ސަރުކާރުގެ ދަށުނުވެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް