ބޭފެންސީ ރެސިޑެންސް ހުންނާނެ ގޮތުގެ ކުރެހުމެއް.

އެޑްވަޓޯރިއަލް

ބޭފެންސީ ރެސިޑެންސްގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިއަށް

މި މަޝްރޫއުގެ ދެވަނަ ފަންގިފިލާގެ ސްލެބް އެޅުމުގެ މަސައްކަތް ވަނީ ނިންމައި ބޭރު ސްކެފޯލްޑިން ވެސް ވަނީ ހަރުކޮށްފައި؛ މިހާރު ކުރިއަށްދަނީ ތިންވަނަ ފަންގިފިލާގެ ސްލެބް އެޅުމުގެ ތައްޔާރީތައް
16 އޭޕްރީލު 2025

ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ބޭފެންސީ ރެސިޑެންސްގެ މަސައްކަތް ކުރިއަށްދަނީ ހަލުވި ދުވެލީގަ އެވެ. 'ޕާސަނަލައިޒްޑް ސްމާޓް ލަގްޒަރީ ލިވިން' ފޯރުކޮށްދިނުމުގެ އަމާޒުގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ދެވަނަ ފަންގިފިލާގެ ސްލެބް އެޅުމުގެ މަސައްކަތް ވަނީ ނިންމައި ބޭރު ސްކެފޯލްޑިން ވެސް ވަނީ ހަރުކޮށްފަ އެވެ.

މިހާރު ކުރިއަށްދަނީ ތިންވަނަ ފަންގިފިލާގެ ސްލެބް އެޅުމުގެ ތައްޔާރީތަކެވެ. މަޝްރޫއުގެ މަސައްކަތް ރޭވިފައިވާ ތާވަލާ އެއްގޮތަށް ގެންދިއުމަށްޓަކައި، އެ ތަނުގައި މަސައްކަތްކުރާ ޓީމުތަކުން އަންނަނީ އެންމެހާ ތައްޔާރީތައް ފުރިހަމަކުރަމުންނެވެ. އިމާރާތްކުރުމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލަމުން ވެސް، މަޝްރޫއުގެ މަސައްކަތް ކުރިއަށްދަނީ ކޮލިޓީ އާއި ރައްކާތެރިކަމުގެ މިންގަނޑުތައް ހިފަހައްޓަމުންނެވެ.

ބޭފެންސީ ރެސިޑެންސް މަޝްރޫއު ކުރިއަށްގެންދާ ސަރަހައްދު.

ބޭފެންސީ ރެސިޑެންސްގެ ކޮންސެޕްޓަކީ ސްމާޓް އަދި ޕާސަނަލައިޒްޑް ދިރިއުޅުމެއް ފޯރުކޮށްދިނުމެވެ. މިއީ ހަމައެކަނި އިމާރާތުގެ ޑިޒައިނަށް އަމާޒުކޮށްފައިވާ ކަމެއް ނޫނެވެ. މިއީ ޒަމާނީ ދިރިއުޅުމަށް ބޭނުންވާ ޓެކްނޮލޮޖީ އާއި ޖާގަ އާއި މުޖުތަމައުގެ ގުޅުން ހިމެނޭ ގޮތަށް ފޯރުކޮށްދޭ ތަޖުރިބާއެކެވެ.

ހުޅުމާލެއަކީ ރާއްޖޭގެ އެންމެ ޑައިނަމިކް އާބަން ސެންޓަރުތަކުގެ ތެރެއިން އެއް ސެންޓަރެވެ. ދަތުރުފަތުރާއި ސިއްހީ ހިދުމަތްތަކާއި ތައުލީމީ މަރުކަޒުތަކާއި ވިޔަފާރި ސަރަހައްދުތަކާއި މުނިފޫހިފިލުވުމުގެ ސަރަހައްދުތައް ތަރައްގީވަމުން އަންނަ ހުޅުމާލެއަކީ ދިގު މުއްދަތުގެ އިންވެސްޓްމަންޓަށް ނުވަތަ ރަނގަޅު ދިރިއުޅުމެއް ބޭނުންވާ ފަރާތްތަކަށް އެންމެ އެކަށީގެންވާ ތަނެވެ.

ބޭފެންސީން ބުނާ ގޮތުގައި، މި މަޝްރޫއުގެ އެންމެ މުހިންމު އެއް އަސާސަކީ ވަކިވަކި ފަރުދުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ފެތޭ ގޮތަށް ގެދޮރު ފަރުމާކުރުމެވެ. މީގެ ތެރޭގައި ފްލޯ ލޭއައުޓާއި ވައި ދައުރުވުމާއި އަލިކަމާއި ދެމެހެއްޓެނިވި މެޓީރިއަލް ބޭނުންކުރުމުގެ އިތުރުން، ޑިޖިޓަލް އެކްސެސް އަދި ސެކިއުރިޓީ ސިސްޓަމްތަކާއި ހަކަތައާ ގުޅުންހުރި އީޖާދީ ވިސްނުންތައް ބޭނުންކުރެވޭނެ ވަސީލަތްތައް ހިމެނެ އެވެ.

ބޭފެންސީ ރެސިޑެންސްގެ ޑިޒައިންގައި ދިރިއުޅުމުގެ މާހައުލަށް ހާއްސަ ސަމާލުކަމެއް ދީފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ. މީގެ ތެރޭގައި، އާންމު ސަރަހައްދުތަކާއި އަސާސީ ހިދުމަތްތަކަށް ވާސިލުވުމުގެ ފަސޭހަކަން ހިމެނެއެވެ. މި މަޝްރޫއުގައި އާކިޓެކްޓުންނާއި ޕްލޭނަރުންނާ އަދި ޓެކްނިކަލް މާހިރުންނާ ގުޅިގެން މަސައްކަތްކުރަމުން ގެންދަނީ ބޭފެންސީ ރެސިޑެންސްގެ ކޮންމެ ބައެއް ވެސް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަކަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ބޭފެންސީ ރެސިޑެންސްގައި ސަލާމަތީ ކަންކަން ހުންނާނެ ގޮތް ދައްކައިދޭ ކުރެހުމެއް.

ކުންފުނީގެ އިސް ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި، ފެންވަރު ރަނގަޅު ގެދޮރު ފޯރުކޮށްދިނުމުގެ އިތުރުން، މަޝްރޫއު ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާކުރުމަށް އެ ބޭފުޅުން އިސްކަންދެއްވަ އެވެ. މީގެ ތެރޭގައި، އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އަޕްޑޭޓްތައް ގަވާއިދުން ހިއްސާކުރުމާއި އެކި ޕާޓްނަރުންނާ އެކު އެކު ބައްދަލުވުންތައް ބޭއްވުން ހިމެނެ އެވެ.

ހުޅުމާލެ ތަރައްގީވަމުން އަންނަ މިންވަރާ އެކު، ރަނގަޅަށް ޑިޒައިންކުރެވިފައިވާ ދިރިއުޅޭނެ ތަންތަނަށް އޮތް ޑިމާންޑް އިތުރުވަމުންދާނެ ކަމަށް ބޭފެންސީން ދެކެ އެވެ. ބޭފެންސީ ރެސިޑެންސް ފަދަ މަޝްރޫއުތަކަކީ ރާއްޖޭގެ އާބަން ހައުސިން ދާއިރާއަށް އަންނަ ބަދަލުތަކުގެ ރަމްޒެއް ކަމުގައި އެ ކުންފުނިން ދެކެ އެވެ.

ބޭފެންސީ ރެސިޑެންސްގެ އެޕާޓްމަންޓްތަކާއި އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭ އިތުރު މައުލޫމާތު ބަލާލުމަށް:

  • ބޭފެންސީގެ ވެބްސައިޓު

  • ލޭންޑްލައިން - 4001188

  • ވަޓްސްއެޕް އާއި ވައިބާ - 9499918

އިތުރު އާޓިކަލް

އިތުރު އާޓިކަލް