ވެލިގާ ހާޑްވެއާއިން ވިނަރެސް ޓަވަރު 2ގައި ހުޅުވި ފިހާރަ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ވެލިގާ ހާޑްވެއާގެ ފިހާރައެއް ވިނަރެސްގައި ހުޅުވައިފި
ހުޅުމާލެ ފޭސް ދޭއްގައި ވެލިގާ ހާޑްވެއާގެ ފިހާރައެއް ރޭ ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - ވެލިގާ ހާޑްވެއާގެ އާ ފިހާރަ ހުޅުވީ ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ޓަވަރު 2ގަ އެވެ. އެކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ފިހާރަ ހުޅުވައިދެއްވީ ވެލިގާ ހާޑްވެއާގެ ޗެއާމަން މުހައްމަދު އަބޫބަކުރު އެވެ.
އެ ރަސްމިއްޔާތުގައި ހާޑްވެއާ ސިނާއަތުގެ ތަޖުރިބާކާރުންނާއި ވެލިގާގެ ޕާޓްނަރުންނާއި ޑިރެކްޓަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ތަފްސީލު - އާ ފިހާރަ ހުޅުވުމާ އެކު ވެލިގާ ހާޑްވެއާއިން ވަނީ ގެ އާއި އޮފީސްތަކާއި ކޮމާޝަލް ތަންތަނަށް ވެސް އެކަށީގެންވާ ކްލީނިން ސޮލިއުޝަން އުފެއްދުންތަކެއް ވެސް ތައާރަފްކޮށްފަ އެވެ.
އެ ކުންފުނިން ބުނީ ކައިރި މުސްތަގްބަލެއްގައި ވެލިގާ ހާޑްވެއާގެ ހުރިހާ ފިހާރައަކުން ވެސް އެ އުފެއްދުންތައް ލިބެން ހުންނާނެ ކަމަށެވެ.
އަލަށް ތައާރަފްކުރި ކްލީނިން ސޮލިއުޝަންސްގެ އިތުރުން ވެލިގާ ހާޑްވެއާގެ އާ ފިހާރައިން ގަންނަން ލިބޭ ތަކެތީގެ ތެރޭގައި:
-
ޕަވަ ޓޫލްސް
-
ހޭންޑް ޓޫލްސް
-
ކޮންސްޓްރަކްޝަން ސާމާނު
-
އިލެކްޓްރިކަލް އަދި ޕްލަމިން ސާމާނު
-
ސޭފްޓީ އިކުއިޕްމަންޓް
-
ކުލަ
-
ތެރަސް
-
ހޯމް އިމްޕްރޫވްމަންޓް ސާމާނު
ބުނީ ކީކޭ؟ - ވެލިގާ ހާޑްވެއާގެ ކޯޕަރޭޓް ސޭލްސް މެނޭޖަރު މިފްޒާން މުހައްމަދު ވިދާޅުވީ އާ ފިހާރައާ އެކު އެ ކުންފުނީގެ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ސާމާނު ގަތުމުގެ ފުރުސަތު އިތުރަށް ތަނަވަސްވާނެ ކަމަށެވެ.
"މި ފިހާރައާ އެކު މުޅިން އަލަށް ތައާރަފްކުރާ ކްލީނިން ސޮލިއުޝަންތަކަކީ ކަސްޓަމަރުންގެ ބޭނުންވާ ކަންކަމަށް އަޅުގަނޑުމެންގެ ވިޔަފާރި ބައްޓަން ކުރަން އަޅުގަނޑުމެން ގެންގުޅޭ ވިސްނުމާ ވެސް އެއްގޮތްވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އާ ފިހާރައާ އެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް:
-
މި ޕްރޮމޯޝަން ކުރިއަށްދާނީ 21 ފެބްރުއަރީގެ ނިޔަލަށް
-
އެ މުއްދަތުގައި އާ ފިހާރައިން ވިޔަފާރިއެއް ކުރުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ
-
ގުރުއަތުން ހޮވޭ 10 ނަސީބުވެރިންނަށް ހަދިޔާ އާއި ގިފްޓު ވައުޗާ ލިބޭނެ
އޭގެ އިތުރުން، ވެލިގާ ހާޑްވެއާގެ އާ ފިހާރަ ކުރިމަތީގައި މިއަދު ހާއްސަ އިވެންޓެއް ވެސް ކުރިއަށްގެންދާނެ އެވެ. އެ އިވެންޓުގައި ވެލިގާއިން ވިއްކާ އުފެއްދުންތަކާ ބެހޭ މައުލޫމާތު ބަލާލައި ބޭނުންކުރާނެ ގޮތް ދަސްކޮށް، ތަޖުރިބާކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
ރޯދަ ހަދިޔާ ޕްރޮމޯޝަން:
-
މިއީ 29 މާޗުގެ ނިޔަލަށް ވެލިގާ ހާޑްވެއާ އާއި ބްލަންކްގެ ހުރިހާ ފިހާރަތަކެއް ކުރިއަށްގެންދާ ޕްރޮމޯޝަނެއް
-
އެ މުއްދަތުގައި އެ ފިހާރަކުން ވިއްކާ ބައެއް އުފެއްދުންތަކުން %50އާ ހަމައަށް ޑިސްކައުންނޓު ލިބޭނެ
-
ގުރުއަތުން ހޮވޭ ނަސީބުވެރި އެކަކަށް 20،000ރ.ގެ ގިފްޓް ވައުޗާއެއް ލިބޭނެ
-
އިތުރު 10 ނަސީބުވެރިން ހޮވާނެ؛ ކޮންމެ މީހަކަށް ވެސް 5،000ރ.ގެ ގިފްޓް ވައުޗާއެއް ލިބޭނެ
ކުރިއަށް އޮތީ ކޮން ކަމެއް؟
ވެލިގާއިން ނިންމާފައިވަނީ ވަރަށް ކައިރި މުސްތަގްބަލެއްގައި މާލޭގެ ބާޒާރު ސަރަހައްދުގައި ކްލިއަރެންސް ސޭލްތަކަށް ހާއްސަ އެ ކުންފުނީގެ ފިހާރައެއް ހުޅުވުމަށެވެ. އެ އައުޓްލެޓުން ފެންވަރު ރަނގަޅު ހާޑުވެއާ ސާމާނު ޑިސްކައުންޓު އަގުތަކެއްގައި ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ވެލިގާ ހާޑްވެއާ
-
ވިޔަފާރި ފެށީ 2008ގައި
-
ކަރަންޓު ވަޔަރުކުރަން ބޭނުންވާ ތަކެތި، އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ތަކެތި، ޕީވީސީ، ހިފާ ގެންގުޅޭ ސާމާނު، ފާހާނާ ސެޓު، ކުލަ އަދި ތަފާތު މެޝިނަރީގެ އިތުރުން، އާންމުކޮށް ބޭނުންކުރާ ހާޑްވެއާގެ ހުރިހާ ސާމާނެއް ވިއްކާ
-
އާ ފިހާރައާ އެކު މާލެ ސަރަހައްދުގައި ވެލިގާގެ ހަ ފިހާރަ މިހާރު ހުރޭ
-
ބްލަންކްއަކީ ވެލިގާއިން ގޭތެރެ ޒީނަތްތެރި ކުރުމަށާއި ފާހާނާ ސާމާނަށް ހާއްސަކޮށް އުފައްދާފައިވާ ބްރޭންޑެއް؛ މާލެ ސަރަހައްދުގައި މި ބްރޭންޑުގެ ދެ ފިހާރަ ހުރޭ
-
ވެލިގާއިން ވިއްކާ މުދާ އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ވެސް ގަނެވޭނެ؛ މިއީ ރާއްޖޭގައި އެންމެ ގިނަ ހާޑުވެއާ ސާމާނު ލިބޭ ވެބްސައިޓު
-
ކޯޕަރޭޓް ކަސްޓަމަރުންނަށް ދޭ ހިދުމަތް ފުރިހަމަކޮށް އަވަސް ކުރުމަށްޓަކައި ވެލިގާއިން ކޯޕަރޭޓް ކަސްޓަމާ ސާވިސް ސެންޓަރެއް؛ މިއީ ރާއްޖޭގެ މިފަދަ ފުރަތަމަ ސެންޓަރު