ވެލިގާ ހާޑުވެއާގެ ފިހާރައެއް. (ފޮޓޯ/ވެލިގާ ހާޑުވެއާ)

ވެލިގާ ހާޑްވެއާ

ވެލިގާ 'ރޯދަ ހަދިޔާ' ޕްރޮމޯޝަން ފަށައިފި؛ %50އާ ހަމައަށް ޑިސްކައުންޓު ލިބޭނެ

މި ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ އެކަކަށް 20،000ރ.ގެ ވައުޗާއެއް އަދި އިތުރު 10 މީހުންނަށް 5،000ރ.ގެ ވައުޗާ ލިބޭނެ
5 ފެބްރުއަރީ 2025

ކުރިއަށް އޮތް ރޯދަމަހަށް ހާއްސަކޮށް ވެލިގާ ހާޑްވެއާ އާއި ބްލަންކް ފިހާރަތަކުން 'ރޯދަ ހަދިޔާ'ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

ވީ ކިހިނެއް؟ - މިއަދުން ފެށިގެން ރޯދަމަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި ވެލިގާ ހާޑްވެއާ އާއި ބްލަންކްގެ ފިހާރަތަކުން ވިއްކާ މުދަލުން %50އާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.

ވެލިގާ ރޯދަ ހަދިޔާ

  • ޕްރޮމޯޝަންގެ މުއްދަތުގައި ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ

  • އޭގެ އިތުރަށް ކުރާ ކޮންމެ 100ރ.ގެ ވިޔަފާރިއަކަށް އިތުރު ކޫޕަނެއް ލިބޭނެ

  • ޕްރޮމޯޝަން ކުރިއަށްގެންދަނީ އޮންލައިން ކޫޕަން ސިސްޓަމެއް ބޭނުންކޮށްގެން؛ ވިޔަފާރިކުރާއިރު ކަސްޓަމަރުގެ ފޯނު ނަންބަރު ދިނުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ

  • ހިއްސާކުރާ ފޯނު ނަންބަރަށް ވެލިގާއިން މެސެޖެއް ފޮނުވާނެ؛ އެ މެސެޖުގައިވާ ލިންކުން ކޫޕަންގެ ތަފްސީލު ފެންނާނެ

ވެލިގާ ހާޑްވެއާ އާއި ބްލަންކްގެ ފިހާރަތަކުން ރޯދަމަހުގެ ނިޔަލަށް ކުރިއަށްދާ ރޯދަ ސޭލްގައި %50އާ ހަމައަށް ޑިސްކައުންޓު ލިބޭނެ.

ވެލިގާ ރޯދަ ސޭލްގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް އިނާމުތަކެއް ވެސް ލިބޭނެ އެވެ. އެއީ:

  • ނަސީބުވެރި އެކަކަށް: 20،000ރ.ގެ ވައުޗަރެއް

  • އިތުރު 10 މީހުންނަށް 5،000ރ.ގެ ވައުޗަރު

  • އެ ވައުޗާތައް ބޭނުންކޮށްގެން ވަކި މުއްދަތެއްގެ ތެރޭގައި ވެލިގާގެ ކޮންމެ ފިހާރައަކުން ވެސް ވިޔަފާރި ކުރެވޭނެ

ވެލިގާ ހާޑްވެއާ

ވެލިގާ ހާޑުވެއާގެ ފުރަތަމަ ފިހާރަ ހުޅުވީ 2008 ގައެވެ. އޭގެ ފަހުން ވިޔަފާރި ފުޅާކޮށް މިހާރު އެ ކުންފުނީގެ ފަސް ފިހާރަ މާލެ ސަރަހައްދުގައި ހުރެ އެވެ. އަދި ހުޅުމާލެ ފޭސް ދޭއްގައި އިތުރު ފިހާރައެއް ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ.

ބަލަންކްއަކީ ވެލިގާއިން ގޭތެރެ ޒީނަތްތެރި ކުރުމަށާއި ފާހާނާ ސާމާނަށް ހާއްސަކޮށް އުފައްދާފައިވާ ބްރޭންޑެކެވެ. މާލެ ސަރަހައްދުގައި މި ބްރޭންޑުގެ ދެ ފިހާރަ ހުރެ އެވެ.

ވެލިގާއިން ވިއްކާ މުދާ އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ވެސް ގަނެވޭނެ އެވެ. އެ ކުންފުނިން ބުނާ ގޮތުގައި މިއީ ރާއްޖޭގައި އެންމެ ގިނަ ހާޑުވެއާ ސާމާނު ލިބޭ ވެބްސައިޓެވެ.

ކޯޕަރޭޓް ކަސްޓަމަރުންނަށް ދޭ ހިދުމަތް ފުރިހަމަކޮށް އަވަސް ކުރުމަށްޓަކައި ވެލިގާއިން ކޯޕަރޭޓް ކަސްޓަމާ ސާވިސް ސެންޓަރެއް ވެސް ހިންގަ އެވެ. ވެލިގާއިން ބުނީ މިއީ ރާއްޖޭގައި ހާޑުވެއާ ހިދުމަތް ކުންފުންޏަކުން ހުޅުވި މިފަދަ ފުރަތަމަ ސެންޓަރު ކަމަށެވެ.

ވެލިގާއިން ވަނީ މަސައްކަތްތެރިންގެ މެދުގައި މަޝްހޫރު ގިނަ ބްރޭންޑްތަކުގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފްކޮށްފަ އެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ބްރޭންޑްތަކަކީ:

  • ބްރެނަންސްޓުލް - ސޮކެޓާއި ކޭބަލް ރީލް

  • އިކޯ-ޑޯ - ދޮރާއި ދޮރުފަތް

  • ކީޓޯ އެއާ - ކޮމްޕްރެސަރު

  • ކަވާ ގާޑު - ސޭފްޓީ ޓޫލްސް

  • ނިޕޯން - ޕެއިންޓް

  • އިނޯކީ - ފާހާނާ ސާމާނު

  • ހޯމީ - ސިލިކޯން، ފޯޕް، ސްޕްރޭ

  • ވީއާރުއެޗް - ޝަވަރާއި ފޯސެޓާއި އިސްކުރު

  • މެޑުކާ - ފާހާނާ ސާމާނު

  • ކާޕި-ޔޫރަޕު - ގަސް އިންދާ ޕޮޓު

  • އަމިގް - ފަރުނީޗަރު ސާމާނު

  • ޓެލްވިން - ވެލްޑިން ސާމާނު

  • އެކޯ - ޑަސްބިން

  • މެޓާބޯ - ޕަވާ ޓޫލްސް

  • ސެލީސް - ތެރަހާއި ސިލިކޯން

  • ޔާޓޯ - ޓޫލްސް

  • ސަޓާ - ހޭންޑް ޓޫލްސް

  • ގަޒަލް - ހޭންޑް ޓޫލްސް އާއި އެކި ފާޑުގެ ހަރުގަނޑު

  • ނިފެކްސް - ހޭންޑް ޓޫލްސް

  • ވެރާ - ހޭންޑް ޓޫލްސް

އިތުރު އާޓިކަލް

އިތުރު އާޓިކަލް